ބާވީސް ހާހަށްވުރެ ގިނަ ދަރިވަރުން ވެކްސިން ފުރިހަމަ ކޮށްފި

big_S0yqpvvJtjXq4rBug5aHMXeJh.jpg

ޖުމްލަ 22093 ދަރިވަރުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަ ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކުރި ގޮތުގައި ރާއްޖޭގެ އާބާދީގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ 35،989 ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު އޭގެތެރެއިން 22،093 ދަރިވަރުން ވަނީ ދެވަނަ ޑޯޒްވެސް ފުރިހަމަ ކޮށްފަ އެވެ.

އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންގެ ތެރެއިން ވެކްސިން ޖެހޭނެ، ގާތްގަޑަކަށް 40000 ދަރިވަރުން ސްކޫލް ތަކުގައި ތިބިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ކުރިން އަމާޒު ހިފާފައިވަނީ މިދިޔަ އޮގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމަށެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖެއަށް ވެކްސިންލިބި އަދި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ވަނީ ދީފައެވެ.

12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން މިހާރު ހުރީ ރާއްޖެ ގެނެސްފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top