ތުޅާދޫ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

12773328_10156688977645601_69187365_o.jpg

ތުޅާދޫ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގި ޕްރޮގްރާމް. ފޮޓޯ : ޕޮލިސްލައިފް

ތުޅާދޫގައި ތިބޭ ފުލުހުން އެރަށުގޭގެއަށް ޒިޔާރަތްކޮށް ހޭލުންތެރިކަން އިތުރުކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމްގެ ތެރޭގައި ވައްކަމާއި ފޭރުމުގެ އިތުރުން ވައްކަންކުރާ މީހުންނަށާ ފޭރެން މަސައްކަތްކުރާ މީހުންނަށް އެފުރުސަތު ނުދިނުމުގެ ގޮތުން ކުރެވިދާނެކަންތައްތަކާ ބެހޭ ގޮތުންނާ އަދި އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދަން ގުޅާ ފަރާތްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ބޭންކް ކާޑުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށް އިރުޝާދު ދިނުމާ އެކު މަކަރާ ހީލަތުން ރީލޯޑް ނުވަތަ ރާސްޓަސް އަޅައިދިނުމަށް އެދޭ ފަރާތްތައް ދެނެގަންނާނެ ގޮތްތަކާ ބެހޭ މައުލޫމާތުވެސް ދީފައި ވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ތުޅާދޫ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑަށް އެއްބާރުލުން ލިބުނުކަމުގައި ފާހަގަކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top