ހިތާދޫ ކައުންސިލްގެ ތިޖޫރި ފަޅާލައިފި

12512631_10153910863407042_2401735289384476791_n.jpg

ބ. ހިތާދޫ

ބ. ހިތާދޫ ކައުންސިލްގެ އިދާރާއަށް ވަގުންވަދެ އެތަނުގެ ތިޖޫރި ފަޅާލައިފިއެވެ.

ހިތާދޫ ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި މިވައްކަން ކޮށްފައިވަނީ ރޭ 2:30 އެހާކަށްހާއިރު މޫނު ނިވާކޮށްގެން ތިބި 5ވަރަކަށް މީހުން އައިސް އެތަނުގައި އިން ވޮޗަަރު ބަނުމަށްފަހުގައެވެ.

މިކަމުގެ ތަހުގީގު ކުރިއަށްދާތީ އެއްވެސް މުވައްޒަފަކަށް އެތަނުގެ އެތެރެއަށް މިހާރު ނުވަދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މިހާތަނަށް ބެލި ބެލުމުން އެތަނަށް ވަދެފައިވަނީ ކިތައްމީހުންކަން ކަށަވަރުނުވާކަމަށާއި ތިޖޫރީގައި ހުރީ ކިހާ ފައިސާއެއްކަންވެސް އަދި ކަށަވަރު ކުރެވިފައިނުވާކަމުގައެވެ.

ހިތާދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ވަގުން ކައުންސިލްތެރެއަށް ވަދެފައިވަނީ ކުޑަދޮރެއްހަލާކު ކޮށްލައިގެންނެވެ. އަދި ތިޖޫރީ ހުންނަ ކޮޓަރިއަށް ވަދެފައިވަނީވެސް އެތަނުގެ ދޮރު ހަލާކު ކޮށްލައިގެންނެވެ. ތިޖޫރީގައ ހުރި ފައިސާ 70000 ރ. އަށްވުރެ މަދު ނުވާނެކަމަށާއި ހަގީގަތް އެނގޭނީ މިމައްސަލަ ތަހުގީގު ކުރުމަސް ފަހުގައި ކަމަށެވެ.

ފުލުހުން މިހާރު ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top