ކޮޅިގަނޑުގެ އަސަރު ބޮޑަށް ކުރާނެ އެއްއަތޮޅަކަށް ބ. އަތޮޅު ވާނެ – މެޓް އޮފީސް

116925_3_9e9d84126847cc779ffa897f23d4e1a0230fc9fd_medium.jpg

މޫސުން ގޯސް ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ / ފޮޓޯ: މިހާރު ނޫސް

ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ރާއްޖެއަށް ލައްވާލައިފައިވާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނޭ ސަރަހައްދުތަކުގެ ތެރޭގައި ބ. އަތޮޅު ހިމެނޭކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން މިއަދު ބުނެފި އެވެ.

މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނީ ލަންކާގެ ކޮޅިގަނޑާ ގުޅިގެން ރައްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރަމުންދާނޭކަމަށާ، އެހެންނަމަވެސް މިކަމުގެ އަސަރު ބޮޑަށް ކުރާނީ ރާއްޖޭގެ އުތުރާއި، މެދުރާއްޖެ ތެރެއަށް ކަމަށެވެ. އެގޮތުން ބ. އަތޮޅުގެ ސަރަހައްދަށްވެސް ކޮޅިގަނޑުގެ އަސަރު ގަދަވާނޭކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން މިއަދު މިހެން ބުނިއިރު، ބ. އަތޮޅުގެ ރަށްރަށަށް މިއަދު މެންދުރުފަހުން ފެށިގެން އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ. އަދި ވައިވެސް ބާރުވެފައި، ކަނޑުތައް ފެންނަނީ ގަދަކޮށެވެ. މެޓް އޮފީހުން ބުނީ ކުރިޔަށްއޮތް 24 ގަޑިއިރުވެސް ބ. އަތޮޅުގެ ސަރަހައްދަށް ވައިގަދަވާނެކަމަށާ، ކަނޑުތައްވެސް ގަދަވާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top