ލ.އަތޮޅު ކައުންސިލުން އެއަތޮޅުގެ ރަށުކައުންސިލްތަކަށް އެއް ލައްކަ ރުފިޔާދީފި

l_145968712457A7Oo.jpg

ފައިސާ ހަވާލުކުރުމުގެ އެމްއޯޔޫގައި ސޮއި ކުރުން. ފޮޓޯ : ސަން އޮންލައިން

ރަށްރަށުގެ ސައިޒަށް ބެލުމެއްނެތި އަތޮޅުގެ ހުރިހާ ރަށަކަށް ހަމަހަމައަށް 100000ރ.ގެ އެހީއެއް ލ.އަތޮޅު ކައުންސިލްގެ ފަރާތުން ވެދީފިއެވެ.

ލ.އަތޮޅު ކައުންސިލުން ބުނީ ފައިސާގެ މި އެހީއަކީ އެއަތޮޅުގެ 11 ރަށުގެ އުމްރާނީ ތަރައްގީ ފިޔަވައި އަތޮޅު ކައުންސިލުން ކަނޑައަޅާ ފައިވާ ވަކި އުސޫލަކުން ކައުންސިލުން ކަނޑައަޅާފައިވާ ކަންކަން ކުރުމަށް ވެދީފައިވާ އެހީއެއްކަމުގައެވެ.

“ފައިސާ ރަށްރަށަށް ދީފައިވަނީ ރަށެއްގެ އާބާދީއެއް ބަލާފައެއް ނޫން. ކޮންމެ ރަށަކަށް ވެސް ހަމަހަމަކޮށް. ހަދިޔާކުރި ފައިސާއަކުން އުމްރާނީ ކަންތައްތަކަކަށް ހަރަދެއް ނުކުރެވޭނެ. އެގޮތުން ރަށުގެ ރައްޔިތުންނަށް ލުއި ލޯނު ދޫކޮށްގެން އެ ޖެނަރޭޓްކޮށްގެން އެ ފައިސާ އިތުރު ކުރެވިދާނެ،” އަތޮޅު ކައުންސިލުގެ ރައީސް ޔޫސުފް އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ މި ފައިސާއަކީ އަތޮޅު ކައުންސިލުން ފައިސާ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ޖަމާވެފައިވާ ފައިސާ ކަމުގައެވެ.

ލ.އަތޮޅު ކައުންސިލުން މީގެ ކުރިން ވަނީ އަތޮޅުގެ ސްކޫލްތަކަށާއި ކްލަބް ޖަމިއްޔާތަކަށްވެސް ފައިސާގެ އެހީ ވެދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top