14 ދުވަހުގެ ކަރަންޓީނަކީ ޔަގީންކަން އެންމެ ބޮޑު މުއްދަތު

dr.-nazla-musthafa.jpg

ޑރ.ނަޒްލާ މުސްތަަފާ

ކޮވިޑް އާއި ގުޅިގެން ކަރަންޓިނުވާން ޖެހޭ މުއްދަތު 14 ދުވަހަކީ ޔަގީންކަން އެންމެ ބޮޑު މުއްދަތު ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ކަރަންޓީންގެ އުސޫލުތަކާ އެއްގޮތަކަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސައިންޓިފިކް ހޯދުންތަކާ ހަވާލާ ދެއްވައި ނަޒްލާ ވިދާޅުވީ ފަސް ދުވަހު ކަރަންޓީނުގައި ބެހެއްޓުމަށް ފަހު ޓެސްޓްކުރުމުން، ދެނެގަނެވީ ބަލި ހުންނަ މީހުންގެ ތެރެއިން އެންމެ ފަސް ޕަސެންޓް މީހުން ކަމަށެވެ.

“އޭގެ މާނަ އަކީ 100 މީހުން ޕޮޒިޓިވް ވާއިރު 45 މީހުން ނޭނގި ދޫވެގެން ދާނޭ ޕޮޒިޓިވް ވެދާނެ، ހައި ރިސްކް 45 މީހުން ދޫވެގެން ދާނޭ،” ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ ކަރަންޓީނު މުއްދަތު ހަތް ދުވަހަށް ހަދައިފި ނަމަ ދެނެގަނެވެނީ ބަލި ހުރި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުން ކަމަށެވެ. އަދި 11 ދުވަހުގެ ކަރަންޓީނަކުން ދެނެގަނެވެނީ 93 ޕަސެންޓް މީހުން ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި މިހާރު މި އޮންނަނީ ބަލި އެންމެ ރަނގަޅަށް ކޮންޓްރޯލްކުރެވިފައިވާ ބައެއް ގައުމުތަކުގައި އޮންނަ ގޮތަށް 14 ދުވަހުގެ ކަރަންޓީނެއްކަން ފާހަގަކުރައްވައި ވިދާޅުވީ 14 ދުވަހު ކަރަންޓީނުކޮށްފައި ޓެސްޓްކުރާ ނަމަ 99 ޕަސެންޓް މީހުން ދެނެގަނެވޭނެ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ ޗައިނާ، ނިއުޒީލެންޑް، މެލޭޝިއާ ފަދަ ގައުމުތަކުގައިވެސް އަމަލު ކުރަމުން އަންނަނީ 14 ދުވަހުގެ ކަރަންޓީނަށް ކަމަށެވެ.

ބައެއް ގައުމުތަކުގައި ކަރަންޓީންގެ މުއްދަތު މަދުކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ، އެގައުމުތަކުގައި ކަރަންޓީންގެ މުއްދަތު މަދު ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް ބައިވަރު އެހެން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ މާލެއިން ރަށްރަށަށް ދާ މީހުން 14 ދުވަހު ކަރަންޓީނުގައި ތިބޭ ގޮތަށް މުއްދަތު ކަނޑައަޅާފައި އޮންނަނީ ބަލީގެ ހާލަތު އޮތް މިންވަރުގެ މައްޗަށް ނޫން ކަމަށާއި ބަލީގެ ހާލަތު ބަލަނީ ކަރަންޓީނު އުވާލުމާ މެދު ގޮތެއް ނިންމަންކަމަށެވެ.

އިއްޔެގެ ހަވީރު 6:00 އާ ހަމައަށް ރާއްޖެއިން ވަނީ ކޮވިޑްގެ 12,889 ކޭސް ފެނިފަ އެވެ. މީގެ ތެރެއިން މިހާތަނަށް 11,717 މީހަކު ރަނގަޅުވެފައި ވާއިރު 46 މީހަކު ވަނީ މަރުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top