ތުޅާދޫވެސް މޮނިޓަރިންއަށް !

big_7g181AwqIXi4TqfgxJDWzJ2j1.jpg

ތުޅާދޫ

ކޮވިޑް ބަލި ފެތުރެން ފެށުމުން ބ.ތުޅާދުއަށް އަރައި ފޭބުން މަނާ ކޮށް ރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ތުޅާދޫގެ އިތުރުން ބ. އަތޮޅުން އޭދަފުއްޓާއި ގޮއިދުއާއި ކެންދޫވެސް ވަނީ މޮނިޓަރިންގ ހާލަތުގައެވެ.

ކޮވިޑާއި ގުޅިގެން ބަލަންޖެހޭ ސިއްހީ ކަންކަން ބެލުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ތުޅާދޫ ރަށް މޮނިޓަރިން ހާލަތަށް ގެނައީ މިއަދެވެ.

ތުޅާދޫ ކައުންސިލް ރައީސް އިބްރާހިމް އާދިލް ވިދާޅުވިގޮތުގައި މިވަގުތު ރަށުގައި 31 ގެއެއް ކަރަންޓީނު ކޮށްފައިވެއެވެ. އަދި ސާޅީހަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ފެނި، ތުޅާދޫގެ އެކްޓިވް ކޭސްގެ އަދަދަކީ މިއަދާ ހަމައަށް 75 ކަމަށް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަން އާއްމުންނަށާއި ވިޔަފާރި ކުރާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ކައުންސިލުން ވިސްނާފައި ނުވާކަމަށާއި ސްކޫލުގެ ކިޔެވުން ވެސް ކުރިއަށް ގެންދަމުން އަންނަނީ އެޑިއުކޭޝަން މިނިސްޓްރީގެ ލަފަޔާ އެއްގޮތަށް ކަމަށެވެ.

މި ރަށް މޮނިޓަރިންގެ ހާލަތަށް ގެނައުމާއެކު މި ވަގުުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 33 ރަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top