ފޮޓޯއިން ޚަބަރު : އޭދަފުށީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން

DSCN0527-800x600-800x600-1.jpg

ބަރަކާތްތެރި އަޟްހާ އީދު ނަމާދު މިއަދު އޭދަފުށީގައި ބޮޑު ޖަމާއަތުގައި ކޮށްފިއެވެ. މިކަމަށް ތައްޔާރު ކޮށްފައިވަނީ އޭދަފުށީގެ ރަސްމީ ފުޓްބޯޅަ ދަނޑެވެ.

ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުން ވެސް މި ޖަމާއަތުގައި ބައިވެރިވެފައިވާއިރު އީދު ނަމާދު އިމާމްވެ ކުރެއްވީ އޭދަފުށީ ފިނިހިޔާގޭ އަބްދުލްމަޖީދު މުހައްމަދެވެ.

މިދިޔަ އަހަރުވެސް ބޮޑު އީދު ނަމާދު ކޮށްފައިވަނީ ބޮޑު ޖަމާއަތުގައި ރަސްމީ ދަނޑުގައެވެ. އީދު ނަމާދަށް ފަހު އީދުސައިގެ ނަމުގައި ވަނީ ބޮޑު ޖަމާއަތުގައި ބައިވެރިވި ހުރިހާ އެންމެން ނަށްވެސް އީދު ސައިގެ އިންތިޒާމު ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި އީދުސައި އިންތިޒާމު ކޮށްފައިވަނީ އޭދަފުށީ ކައުންސިލާ ގުޅިގެން އޭދަފުށީގެ ވަފާ ޖަމިއްޔާ ފިޔަވައި އެހެން ޖަމިއްޔާތަކުގެ ބައިވެރިވުމާއެކުގައެވެ.

ފޮޓޯތައް :އޭދަފުށި ވޮއިސް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top