އެންމެ ބޮޑު މައްސަލައަކީ ދީނަށް ފުރައްސާރަ ކުރުމާ ދީނާ ދުރުކުރަން މަސައްކަތް ކުރުން: އެމްޕީ ސަލީމް

l_2019_06_11_024510_45ov1hndcmtxups6k8zwryj2lqagb7ei9f3_EN_.jpg

އެމްޕީ .އަހުމަދު ސަލީމް --ފޮޓޯ :މަޖިލިސް އިދާރާ

ރާއްޖެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެމައްސަލައަކީ ދީނަށް ފުރައްސަރަކުރުމާއި، މީސްތަކުން ދީނާ ދުރުކުރުމުގެ މަސައްކަތްކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދެ މައްސަލައަކީ، ހަރުކަށި ފިކުރުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތ.އޮމަދޫގައި ވިދާޅުވުމާއި ގުޅިގެން އެވާހަކަފުޅަށް ރައްދު ދެއްވައި ސަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ މައްސަލައަކީ ދީނަށް ފުރައްސަރަކުރުމާއި، މީސްތަކުން ދީނާ ދުރުކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ.

ސަލީމް ވިދާޅުވީ މި ދެ މައްސަލައަށް ހައްލު ލިބުމުން ހުރިހާ ކަމެއް ހައްލުވެގެން ދާނެ ކަމަށާއި، ހުރިހާ ކަމެއްގެ ހައްލަކީ އިސްލާމް ދީން ކަމަށެވެ.

ސަލީމް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ފަހަކަށް އައިސް ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައ ޚިޔާލުފާޅުކުރާ މީހުން އިތުރުވެފައި ވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ.

ތ.އޮމަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޖީލަކަށްފަހު ޖީލެއް މަސްތުވާތަކެތީގައި ޖެހި ހަލާކުވަމުން އެބަދާ ކަމަށާއި މިކަމުގައި ހުރިހާ އެންމެން އެއްކޮށް ތެދުވެ މަސައްކަތް ކޮށްގެން ނޫނިއްޔާ އެ މައްސައަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިހާރު ވަނީ މިއަދާ ހިސާބަށް އައިއިރުގައި، މި ދެ ކަމަށްވެސް ރަނގަޅު ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top