އެއާ އެމްބިއުލާންސްގެ ޚިދުމަތް މާދަމާ ފަށަނީ

444_2.jpg

އެއާ އެމްބިއުލާންސްގެ ހިދުމަތް މާދަމާ ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރޭ ނ. މަނަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ ތެރޭގައި ވިދާޅުވީ ނެޝަނަލް އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ މަތިންދާބޯޓެއް މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ.

”އޭރުން އޮންނާނީ ފުލްޓައިމްކޮށް މޯލްޑިވިއަން އިން އޮޕަރޭޓްކުރާ އަޅުގަނޑުމެންގެ އަމިއްލަ ބޯޓެއް،” ރައީސް ވިދާޅުވި އެވެ. “ކޮންމެ ތަނަކުން، ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ވެސް ބަލި މީހުން ކުއްލި ހާލަތުގައި އެއް ތަނުން އަނެއް ތަނަށް ގެންދެވޭނެ ބޯޓެއް.“ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ލަންކާއާ ހިސާބަށް ދާން ވިޔަސް ގެންދެވޭނެ އެވެ. އަދި އެ ތަނަށް މަޑުކޮށްފައި ތެޔޮ އަޅައިގެން އެއަށް ވުރެ ދުރަށް ވެސް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ. ،” ރައީސް ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމުގައި ސީޕްލޭން ބޭނުންކޮށްގެން ޚިދުމަތް ދޭނީ ދުވާލުގެ ވަގުތުގައެވެ. ދިވެހި ސަރުކާރުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން އެއާ އެމްބިއުލާންސްގެ ހިިދުމަތް ފެށިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ސިފަކުރެއްވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top