ރޯދައަށް އެސްޓީއޯއިން ފިޔާ ބިސް އަލުވި ގެނެސްފި

Pjzk4VBFzKJk1a3o2v8T.jpg

ރޯދަ މަހަށް ބޭނުންވާ ފިޔާ، އަލުވި އަދި ބިހުގެ ފުރަތަމަ ޝިޕްމަންޓު އެސްޓީއޯއިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ ރޯދަމަސް ނިމެންދެން މިތަކެތި އަގުހެޔޮކޮށް ބާޒާރުން ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން އެތަކެތި ލިބޭނެ އަގުގެ ގޮތުގައި އެސްޓީއޯއިން އިއުލާން ކޮށްފައިވަނީ، ފިޔާ ކިލޯއެއް 20ރ.، އަލުވި ކިލޯއެއް 15ރ. އަދި ބިހެއް1.75 ރުފިޔާ އަށެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު ތަކެތީގެ އަގު ބާޒާރުގައި އުފުލޭ ނަމަވެސް އެސްޓީއޯއިން ބުނަނީ ކުރިއަށް އޮތް ރޯދަމަހު ތަކެތީގެ އަގު ހިފެހެއްޓޭނެ ކަމަށެވެ. އެގޮތުން ފިޔާ އަލުވި އަދި ބިހުގެ އަގު މައްޗަށް ދިޔަނުދީ ހިފަހައްޓާނެ ކަމުގެ ޔަޤީންކަން އެސްޓިއޯއިން ދެއެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މާޗް މަހުގެ 11 އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top