އެސްޓީއޯ މުވައްޒަފުންގެ އެލަވަންސްތައް ކުޑަކުރަނީ

sto.jpg

އެސްޓީއޯ އޭދަފުށީ ފިހާރަ - ފޮޓޯ :އީވީ

އެސްޓީއޯގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އެލަވަންސްތައް ކުޑަކުރަން ނިންމައިފިއެވެ.

އެސްޓީއޯ އިން އަތޮޅު ތެރޭގައި ހިންގާ ފިހާރަތަކުގެ މުވައްޒަފުންވެސް ހިމެނޭ ގޮތަށް އެލަވަންސް ކުޑަކުރަން ނިންމާފައިވާއިރު އެސްޓީއޯ އޭދަފުށީ ފިހާރައިގާ މަސައްކަތް ކުރާ މުވައްޒަފަކު ބުނި ގޮތުގައި މި ބަދަލާއެކު އޭނާއަށް ލިބޭ ޖުމްލަ މުސާރައިން ހާހެއްހާ ރުފިޔާ އުނިވެގެން ދާނެއެވެ.

އީވީއާ ވާހަކަ ދެއްކި އެސްޓީއޯ އޭދަފުށީ ފިހާރައިގެ އެހެން މުވައްޒަފަކު ބުނި ގޮތުގައި، އޯވަރޓައިމްގެ ވަގުތު ލިމިޓްކޮށް ބައެއް އެލަވަންސްތައް އެކީ ކަނޑާލާނެކަން އެ ފިހާރައަށް މިހާރުވަނީ އަންގާފައެވެ.

“އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުން އެލަވަންސްތަކުން ބޮޑު އެއްޗެއް ކެނޑޭނެ. މުސާރަ އަށް އެހާ ބޮޑު އެއްޗެއް ނުލިބޭއިރު އެލަވަންސުން ބޮޑު ބައެއް ކަނޑާލުމަކީ ދިރިއުޅުމަށް އޭގެ ނުބައި އަސަރު ފޯރާނެކަމެއް. ” އޭނާ އިތުރު ކޮށްލިއެވެ.

މުވައްޒަފުންގެ އެލަވަންސްތަކަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބައެއް މީޑިއާ ތަކުން އެސްޓީއޯގެ އެމްޑީ އަހުމަދު ޝަހީރަށް ގުޅުމުން ވިދާޅުވީ، އެސްޓީއޯގެ މަސައްކަތުގެ ވަގުތަށް ބައެއް ބަދަލުތައް ގެންނަން މެނޭޖްމަންޓުން ނިންމާ އެކަން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ މައުލޫމާތު ދޭނީ ލިޔުމުން ހުރިހާ މީޑިއާތަކަށް އެކީގައި ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ. 

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ 61 މިލިއަން ރުފިޔާގެ ފައިދާއެއް ވެފަ އެވެ. އަދި ދެވަނަ ކުއާޓާގައި 55 މިލިއަން ރުފިޔާގެ ފައިދާއެއް އެ ކުންފުންޏަށްވިއެވެ. 

މާލެއާ އަތޮޅުތެރޭގައި ހާހަކާ ގާތްކުރާ އަދަދެއްގެ މުވައްޒަފުން އެސްޓީއޯގައި ވަޒީފާ އަދާކުރަމުން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top