އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް މާދަމާ ފަށަނީ

DSC_2697-800x531-800x531.jpg

އިންޓަރރިސޯޓް ފުޓްބޯޅަމުބާރާތުގައި މިދިޔަ އަހަރު ކުޅުނު ކިހާދުއްފަރާއި އަމިއްލަފުށީގެ މެޗް

ބ.އަތޮޅުގެ ރިސޯތްތަކަށް ދައުވަތުދީގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް މާދަމާ ފަށާނެއެވެ.

މުބާރާތް އިންތިޒާމްކުރާ އޭދަފުށީ ޒުވާނުންގެ ކްލަބުން ބުނީ ކުރިންވެސް ހަމަޖެހި ނިމިފައިވާ ގޮތަށް މާދަމާ ހަވީރު މި މުބާރާތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައިވާ ކަމަށެވެ.

މުބާރާތް ހުޅުވާ މެޗުގައި މާދަމާ ބައްދަލު ކުރާނީ އަނަންތަރާ ކިހަވައް ވިލާސް އާއި މިލައިދޫ އައިލެންޑް އެވެ.

މި މުބާރާތުގައި މި އަހަރު ހަތް ރިސޯޓުބައިވެރިވެއެވެ. އެއީ އަނަންތަރާ، މިލައިދޫ، ފޯސީޒަން، ސޮނެވާފުށި، ޑުސިޓް ތާނީ، ކިހާ މޯލްޑިވްސް ގެ އިތުރުން ދި ސްމޯލް މޯލްޑިވްސް އައިލެންޑެވެ.

ހަތް ޓީމު ދެ ގްރޫޕަށް ބަހާލުމަށް ފަހު ގްރޫޕް އޭގައި ހިމެނެނީ ހަތަރު ޓީމެވެ. އަދި ގްރޫޕް ބީގައި ތިން ޓީމެވެ. ސެމީ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ.

އޭދަފުށީ ޒުވާނުންގެ ކްލަބުން ބުނީ މިއީ ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބާއްަމުން އަންނަ މުބާރާތެއްކަމާ މި މުބާރާތަކީވެސް ކާމިޔާބު، ފުރިހަމަ އަދި ފޯރިގަދަ މުބާރާތަކަށް ވާނެކަމަށް އުއްމީދު ކުރާ ކަމަށެވެ․

ޒުވާނުންގެ ކްލަބުން ބުނި ގޮތުގައި މި މުބާރާތުގައި މިއަހަރު ވާދަކުރާ ޓީމްތަކުގެ ތެރެއިން ޗެމްޕިއަން ޓީމަށާއި ރަނައަޕް ޓީމަށް އަންނަ އަހަރުގެ އަޟްހާ އީދުގައި ބާއްވާ ފްރެންޑްލީ ޔޫތް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top