މާރެސް ވޮލީ މުބާރާތް : ގޮއިދޫ ދެޓީމްވެސް ފައިނަލަށް

31658022_1722690791123207_8615085344959758336_n.jpg

ގޮއިދޫ އަންހެން ވޮލީ ޓީމް

ބ.މާޅޮހު މާރެސް ޖަމިއްޔާއިން މިހާރު އެރަށުގައި ކުރިއަށް ގެންދާ މާޅޮހު ރެކްރިއޭޝަން އެންޑް އެންވަޔަރަންމަންޓް ސޮސައިޓީ (މާރެސް) ވޮލީ މުބާރާތުން ގޮއިދޫ އަންހެން ޓީމާއި ފިރިހެން ޓީމް ވެސް ފައިނަލަށް ދަތުރު ކޮށްފިއެވެ.

ދެ ޓީމު ފައިނަލަށް ދިޔައީ ކުޅުނު ދެ މެޗުން ވެސް މޮޅު ވެގެންނެވެ.

މުބާރާތުގެ އަންހެން ޑިވިޜަންގައި އިއްޔެ ހަވީރު ގޮއިދޫ ޓީމް މާޅޮސް އާ ވާދަކޮށް މޮޅުވީ ސީދާ 3 ސެޓުންނެވެ. އެއީ 25-6، 25-15 އަދި 25-10 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގޮއިދޫ ޓީމުގެ އައިމިނަތު ޝަޒުނާ އެވެ.

މުބާރާތުގެ ފިރިހެން ބައިން ގޮއިދޫ ޓީމުފަިނަލަށް ދިޔައީ ރޭ ކުދަރިކިލާއެކު ވާދަކުރި މެޗުން މޮޅުވެގެންނެވެ.  މި މެޗުގެ ސެޓުތައް ދިޔައީ 5-12، 12-10 އަދި 25-12 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ގޮއިދޫ ޓީމުގެ އަކްރަމް އަބްދުﷲ އެވެ

މި މުބާރާތުގެ އަންހެން ޑިވިޜަން ގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ އޭދަފުއްޓާއި ދަރަވަންދޫގެ މެޗެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީ އަށް ދާނެއެވެ. ފިރިހެން ބައިގައި މިރޭ ވާދަކުރާނީ މާޅޮހާއި ދަރަވަންދޫ އެވެ. އެ މެޗުން މޮޅުވާ ޓީމެއް މާދަމާ ރޭ ސެމީގައި ނުކުންނާނީ ކުޑަރިކިލުއާ ދެކޮޅަށެވެ.

މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top