އީޕީއޭގެ އިންޒާރު! ހިމާޔަތް ކޮށްފައިވާ ދޫނި ހިފާ ފަރާތްތައް ޖުރިމަނާ

DSCN5352.jpg

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނި، ހިފާ ހައްޔަރު ކުރާ މީހުން ޖޫރިމަނާ ކުރާނެކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންބުނެފިއެެވެ.

މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަ ކުރަމުން އަންނަ ދުވަސްވަރަކަށް ވާތީ މިގޮތަށް ހިޖުރަކުރާ ދޫންޏަކީ “ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ “ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު” ގެ ދަށުން ހިމާޔަތް ކުރެވިފައިވާ ދޫނިތައް ކަމުގައި އީޕީއޭ އިން ބުނެއެވެ.

އަދި ފުޓްބޯޅަދަނޑުތަކުގައާއި، ހާމައަށް ހުންނަ ބިންތަކުގައި މަޅިފައްޗާއި ދަންތުރަތަކާ އެކިއެކި އާލާތްތައް ބޭނުންކޮށްގެން ދޫނި ހިފާކަމުގެ ޝަކުވާ އީޕީއޭ އަށް ލިބެމުންދާކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ނުކުރުމަށް ހުރިހާ ފަރާތްތަކަށްވެސް ނަސޭހަތްތެރި ވެފައިވެއެވެ.

މި މޫސުމުގައި ޒިޔާރަތްކުރަމުންދާ ދޮންދޫންޏާއި މި ބާވަތުގެ ހުރިހާ ސޫތްޕަކީވެސް މަދިރި ކޮންޓްރޯލްކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ ދިރުންތަކެއް ކަމުގައި އީޕީއޭ އިން ފާހަގަ ކޮށްފައި ވެ އެވެ. އެހެންކަމުން މިދަނޑިވަޅުގައި، މިބާވަތުގެ ހުރިހާ ސޫތްޕެއް ހިފުމާއި، އެއަށް ގޯނާ ކުރުމުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ ހައްޔަރުކޮށް ގޯނާކުރާ ފަރާތްތަކާމެދު ގާނޫނު ނަމްބަރު 93/4 ގެ ދަށުން ހެދިފައިވާ ”ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާއި ގުދުރަތީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާއި ބެހޭ ގަވާއިދު” ގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top