ލަންކާގެ ރެފިއުޖީންތަކެއް ރާއްޖެ ސަރަހައްދުން އަތުލައިގެންފި

lankarefugees_ap.jpg

ލަންކާ ރެފިއުޖީން ތަކެއް

ސްރީލަންކާގެ ރެފިއުޖީން ތަކެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިއަދު އަތުލައިގަނެ ދިވެހި ސަރުކާރާ ހަވާލު ކޮށްފި ކަމަށް އިންޑިއާ މީޑިއާތަކުން ހާމަކޮށްފި އެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަތުލައިގެންފައިވަނީ ލަންކާގެ ތަމަޅައިންގެ 85 މީހުންނެވެ. އޭގެތެރޭގައި 59 ރެފިއުޖީއަކު ހިމެނެއެވެ. މި މީހުން އަތުލައިގެންފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން އެމެރިކާ ސިފައިން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މި މީހުންނަކީ މަދުރާއީ އާއި ޓްރިޗީގެ ރެފިއުޖީ ކޭމްޕްތަކަކުން ފިލާފައިވާބައެއްކަމަށް ބެލެވޭ ކަމަށާއި. ގަވައިދާ ހިލާފަށް ދަތުރުކުރާ ފެރީއަކުން ދަތުރުކުރި މިމީހުން މަސައްކަތްކޮށްފައިވަނީ އިންޑިއާގެ ކެރެލާ އިން ދެކުނު އެފްރިކާ އަށް ގޮސް ކެނެޑާ އަށް އެތެރެވެ ހިމާޔަތް ހޯދުމަށްކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މީގެތެރެއިން އަތުލައިގަތް ބައެއް މީހުންގެ އަތުގައި ކާކުކަން އަންގައިދޭ ލިޔުމެއް ވެސް ނެތްކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އަތުލައިގަނެވުނު މީހުންގެ މައުލޫމާތު ދިވެހި ސަރުކާރުން، ޓެމިލްނާޑުގެ ކަމާ ބެހޭ ފަރާތްތަކާއި އަދި ލަންކާގެ ސަރުކާރާ މިހާރު ވަނީ ހިއްސާކޮށްފައެވެ.

ޓެމިލްނާޑުގް ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top