ފަތާލަމާ ޕްރޮގްރާމް އޭދަފުށީގައި ފަށައިފި

Swim-Maldives-50-1024x684.jpg

ސްވިމް މޯލްޑިވްސް ބާ ބީ.އާރު ކްރޯލް 2019 ފެށުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އުރީދޫ މޯލްޑިވްސް އާއި ސްވިމް މޯލްޑިވްސް ގުޅިގެން ބ.އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވާ ‘ފަތާލަމާ’ ޕްރޮގްރާމް އޭދަފުށީގައި އިފްތިތާހު ކޮށްފިއެވެ.

އިފްތިތާހީ ހަރަކާތުގައި، މިއަދު ހެނދުނު “ފަތާލަމާ” ސްވިމިންގ ކޭމްޕް ތައާރަފް ކޮށްދެއްވީ، މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު އާއި އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒުގެ އިތުރުން ސްވިމް މޯލްޑިވްސްގެ ފައުންޑަރ ހުސެން ޝަމީމް އެވެ.

އުރީދޫ އިން ބުނި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މި ތަމްރީނު ޕްރޮގްރާމް ތަކުގައި، ވާދަވެރިކޮށް ފެތުމުގެ އުކުޅުތައް ދައްކުވައިދީ، ފެތުމުގެ ދާއިރާއަށް ނުކުތުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރާނެ އެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ފުރަތަމަ ކޭމްޕުތައް މިމަހު ފުރަތަމަ ހަފުތާގެ ތެރޭގައި ބ.އަތޮޅުގެ 22 ރަށަށް އަރާނެ އެވެ. 22 ރަށުގެ ތެރޭގައި މީހުން ދިރިއުޅޭ އަށް ރަށާއި 13 ރިސޯޓެއްގެ އިތުރުން ފިނޮޅެއްވެސް ހިމެނެ އެވެ.އަދި ކުރިއަތް އޮތް ތަނުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގައި މި ކޭމްޕުތައް ކުރިއަށް ގެންދާނެއެވެ.

މި ޓީމުގެ ލައިފް ގާރޑްގެ ކަންކަން ބެލެހެއްޓުމަށް އެމް.އެން.ޑީ.އެޕް ގެ އުޅަނދަކާއި، ބ.އަތޮޅުގެ ބައެއް ރިސޯޓުތަކުގެ ލޯންޗްތައް އަބަދުވެސް ހަރަކާތެރިވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top