ތުޅާދޫ ހައުސިން ޔުނިޓުތަކަށް އެދުނު މީހުންނަށް ޕޮއިންޓް ލިބުނު ގޮތް އާއްމުކޮށްފި

Thulhaadhoo-housin-unit-100.jpg

ތުޅާދޫގައި އިމާރާތް ކުރި 100 ހައުސިން ޔުނިޓް

ބ. ތުޅާދޫގައި ސަރުކާރުން އިމާރާތްކުރި 100 ހައުސިން ޔުނިޓަށް ފޯމް ލީ މީހުނަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އާއްމުކޮށްފި އެވެ.

މި 100 ހައުސިން ޔުނިޓަށް އެދި 666 މީހަކު ވަނީ ފޯމް ހުށަހަޅާފައެވެ.

ތުޅާދޫ ކައުންސިލުން ބުނީ އާއްމުކޮށްފައިވާ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހިނގާ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޝަކުވާ ހުށަހެޅުމަށް ބޭނުންވާ މީހުންނަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 ގެ ނިޔަލަށް ލިޔުމުން ކައުންސިލް އިދާރާއަށް އެކަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ތުޅާދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރިއަށްގެންދިޔަ މި ހައުސިން ޔުނިޓްތައް ހަދާފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑުންނެވެ. މިއީ 2019 ވަނަ އަހަރު އިއުލާނުކުރި މަޝްރޫއު އެކެވެ

ތުޅާދޫގައި އިމާރާތްކުރި ހައުސިން ޔުނިޓްތަކުގެ ބޮޑުމިނަކީ 1،100 އަކަފޫޓެވެ. މިއިން ކޮންމެ ގެއެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ އަދި ސްޓޯރޫމްގެ އިތުރުން ލޯންޑްރީ ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top