އާސަރުކާރުގައި ސިޔާސީ މަގާމުތައް 700 އަށްވުރެ ގިނަ ނުވާނެ

firzul-e1696925676173.jpg

އަލަށް އުފެދޭ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ސިޔާސި މަގާމުތައް 700 ގައި ހިފެހެއްޓެވުން ކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ ތަރުޖަމާން ފިރުޒުލް ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރުމަށް ޑރ. މުއިއްޒު ނިންމަވާފައިވާކަމަށެވެ. ޑރ. މުއިއްޒު މިގޮތަށް ނިންމަވާފައިވާއިރު މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި 1063 މީހުން އެބަތިއްބެވި އެވެ.

”މި އަދަދު ނިންމަވާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި, ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅާއި, ނައިބު ރައީސްގެ ގެކޮޅާއި މިހުރިހާ ތަންތަނެއްގައި މަސައްކަތް ކުރައްވާ އިދާރީ މުވައްޒިފުން ހިމެނޭހެން“ ފިރުޒުލް ވިދާޅުވިއެވެ.

އަބަދުވެސް އޭރަކު އިދިކޮޅުގައި އޮންނަ ސިޔާސީ އެންމެ ބޮޑު ޕާޓީއެއްގެ އެއް ޝަކުވާއަކަށް ވެފައި އޮންނަނީ ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަވުމުގެ ޝަކުވާއެވެ. ވުޒާރާތަކާއި ކުންފުނިތަކުގައި ބޭކާރު މަގާމުތައް އުފައްދައި، އެ މަގާމުތަކަށް އެކިއެކި ބޭފުޅުން އައްޔަން ކުރާ ވާހަކައަކީ އަބަދު ދެކެވޭ ވާހަކައެކެވެ. އޭރެއްގައި އޮންނަ އިދިކޮޅު ޕާޓީއަކުން އެ ސަރުކާރުތަކަށް ދިން ލަގަބަކީ “މަތިބަރު” ސަރުކާރެއްގެ ލަގަބެވެ!

ޑރ. މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަޤާމުތަކުގެ އަދަދު, މި ސަރުކާރު އަދި ރައީސް ޔާމީންގެ ސަރުކާރަށްވުރެ ވެސް މަދުކަމަށްވެސް ފިރުޒުލްވަނީ ފާހަގަކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top