އޭދަފުށި ސެމީއަށް

ddd.jpg

ބ.އަތޮޅަށް ހުޅުވާލައިގެން ދޮންފަނުގައި މިހާރު ކުޅެވެމުންދާ ދޮންފަނު އިންވިޓޭޝަން ކަޕްގެ ސެމީއަށް އޭދަފުށި ހިނގައްޖެއެވެ. އޭދަފުށި ސެމީއަށް ދިޔައީ މިއަދު ހަވީރު މާޅޮސް އަތުން 3-2 އިން މޮޅުވުމުންނެވެ. އޭދަފުއްޓާއެކު ދެން ސެމީއށް ދެން ދަތުރުކޮށްފައިވަނީ ދޮންފަނެވެ.

ގްރޫޕް އޭގައި ހިމެނުނު މި ދެޓީމްވެސް ސެމީ އިން ޖާގަ ހޯދާފައިވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. މި ގްރޫޕުން އެއްވަނަ ޓީމު ޔަގީންވާނީ އަންނަ އާދީއްތަ ދުވަހު މި ދެ ޓީމު ކުޅޭ މެޗު ނިމުމުންނެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އޭދަފުށީގެ އިބްރާހިމް ޝަރީފް އެވެ.

އޭދަފުށިން ތިން ލަނޑު ޖެހިފަހުން ފަހަތުން އަރައި މާޅޮހަށް ޖަހައިދިނީ މުހައްމަދު އަމީން އާއި އަހްމަދު ހިޝާމު އެވެ.

މި މުބާރާތުގެ މާދަމާގެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ގޮއިދޫ އާއި ކުޑަރިކިލެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top