ބެޑްމިންޓަން މުބާރާތުގެ ދެ ބައިންވެސް އޭދަފުށި ޗެމްޕިއަންކަން ހޯދައިފި

46897779_564201140692577_703414848792297472_n.jpg

ގައުމީ ބެޑްމިންޓަން މުބާރާތުގައި އޭދަފުށި ވާދަކުރި ހުރިހާ މެޗަކުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައިވަނީ މާލޭގެ ކުޅިވަރު އެކުވެނީގެ އިންޑޯ ބެޑްމިންޓަން ކޯޓުގައެވެ.

އަތޮޅު ލީގު އަދި ސެކަންދް ޑިވިޜަންގެ ބައިންވެސް އޭދަފުށި ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅެންޖެހޭ 5 މެޗުގެ ތެރެއިން 3 މެޗުން މޮޅުވުމުން އިތުރު މެޗެއް ކުޅެން ނުޖެހި ކަން ފާހަގަ ކޮށްލެވެއެވެ.

އަތޮޅު ލީގުގެޗެމްޕިއަންކަން އެދަފުށި ހޯދާފައިވަނީ ރޭ ފައިނަލުގައި އައްދޫސިޓީއާ ވާދަކޮށް 3-0 އިން އައްޑޫ ސިޓީ ބަލިކުރުމަށް ފަހުއެވެ

އަދި ސެކަންޑް ޑިވިޜަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ގޯޅި ސްޕޯޓްސް އާ ވާދަކޮށް 3-0 އިން މޮޅު ވެގެންނެވެ.

މި މުބާރާތުގެ އިންޑިވިޖުއަލް މެޗްތައް ކުޅެން މިއަދު ފަސާނެއެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގައި ފަހަކަށް އައިސް އޭދަފުށި ތަމްސީލުކުރާ އޭދަފުށީ ކުޅުންތެރިންނަށް އީވީގެ ފަރާތުން ވަރަށް ހޫނު މަރުހަބާއާއެކު ތަހުނިޔާ ރައްދު ކުރަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top