ފިނޮޅަށް، އިންޑިއާކަނޑުގެ ލީޑިންގ ބީޗް ރިސޯޓުގެ އެވޯޑް

3-Maldives-w1.jpg

ފިނޮޅު ރިސޯޓް

އިންޑިއާ ކަނޑުގެ ލީޑިން ބީޗް ރިސޯޓް އެވޯޑް ބ. އަތޮޅުގައި ހިންގަމުން އަންނަ ފިނޮޅު ބީޗް ރިސޯޓަށް ލިބިއްޖެ އެވެ.

ބ. އަތޮޅުގެ ޔުނެސްކޯ ވޯލްޑް ބަޔޮސްފިޔާގައި ހުންނަ ފިނޮޅު ރިސޯޓަކީ ބީޗް ވިލާ އާއި އޯވާ ވޯޓާ ވިލާ އެކުލަވާލައިގެން ޖުމްލަ 125 ވިލާއާ އެކު ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ. އަދި އެރިސޯޓަކީ އާއިލާތަކާއި ލޯބިވެރިންނަށް ހާއްސަ މާހައުލެއް ގާއިމްކޮށްފައިވާ ތަނެއްވެސް މެއެވެ.

ފިނޮޅުރިސޯޓުގައި ޓޫރިސްޓުންނަށް ކެއުމުގެ ޚިދުމަތް ދިނުމަށް ހާއްސަ ތިން ރެސްޓޯރަންޓް ހުރެ އެވެ. އެގޮތުން ކްރެބް ޝެކް ރެސްޓޯރަންޓާއި ކަނުސަން އާއި ބާބާ ބީޗް ޑައިނާ ހިމެނެ އެވެ.

ފިނޮޅު ރިސޯޓަށް އެ އެވޯޑް ހަވާލު ކުރީ ބާލީގެ އަނަޔާ އެންޑް ސްޕާ ރިސޯޓުގައި މި މަހު ބޭއްވި 12 ވަނަ އަހަރީ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑް ގާލާގަ އެވެ.

މި ރިސޯޓަކީ އާއްމުކޮށް ހޮލީވުޑް ތަރިންނާއި ގިނަ ސެލެބްރިޓީންވެސް ޗުއްޓީ ހޭދަކުރުމަށް އަންނަ ރިސޯޓެއްކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބަލާއިރު މަޝްހޫރު “ބްލަރޑް ލައިންސް” ލަވައިގެ ކިޔުންތެރިޔާ ރޮބިންތިކް އާއި ޕެރިސް ހިލްޓަން އާއި މަޝްހޫރު ފިލްމް ޓައިޓޭނިކްގެ ތަރި ލިއޮނާޑޯ ޑިކެޕްރިއޯ ފަދަ އެތައް ތަރިންނެއް ޒިޔާރަތް ކުރިއެވެ.

ވޯލްޑް ލަގްޒަރީ އެވޯޑަކީ 2006 ވަނަ އަހަރުން ފެށިގެން މަތީ ފެންވަރުގެ ހޮޓާތަކާ ރިސޯޓުތަކަށް ޓޫރިސްޓުންނާއި، ތަޖުރިބާކާރުން އެކުގައި ވޯޓުލުމަށް ފަހު ދޭ އެވޯޑެކެވެ. އަދި އެ އެވޯޑްތައް ދިނުމުގައި ކޮންމެ އަހަރަކު 300،000 މީހުން ބައިވެރިވެ އެވެ.

ފިނޮޅުރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރައިގެން ސީޕްލޭންގައި 30 މިނިޓް ގައި ދެވޭ ދުރުމިނުގައި ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ. މިރިސޯޓް ތަރައްގީ ކޮށްފައިވަނީ ކޯސްޓްލައިން އިންވެސްޓްމަންޓްގެ ހިއްސާ އޮންނަ ދަ ސްމޯލް މޯލްޑިވްސްގެ ފަރާތުންނެވެ. ބ.އަތޮޅުގައި އޮންނަ އަމިއްލަފުށި ރިސޯޓުވެސް ހިންގަމުން ގެންދަނީ މި ކުންފުނިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top