ރެޑްބުލްދަޅު އަގުހެޔޮކޮށްފި

big_AErvJeNQuLUhin7.jpg

ދިވެހިޒުވާނުންގެ އިތުރުން ދުނިޔޭގައިވެސް މަޝްހޫރުކަން ހޯދާފައިވާ ރެޑްބުލް އެނަރޖީޑްރިންކްސް ދަޅުގެއަގު ހެޔޮކޮށްފިއެވެ.

ރެޑްބުލްގެ ރާއްޖޭގެ ސޯލްޑިސްޓްރިބިއުޓަރ ކަމުގައިވާ ޔޫރޯ މާކެޓިންގ އިން ބުނީ ރެޑްބުލްދަޅުގެ އަގުހެޔޮކުރީ ދިވެހި ރުފިޔާއާއި ނިސްބަތްކުރާއިރު ޔޫރޯގެ އަގުހެޔޮވުމުންކަމުގައެވެ. އެހެންކަމުން ރެޑްބުލް ދަޅެއް ކުރިން ވިއްކަމުން އައީ 25ރ.އަށް ކަމުގައި ވިޔަސް މިހާރު ދަޅެއް 20ރ.އަށް ވިއްކޭނެކަމުގައެވެ.

ޔޫރޯމާކެޓިންގ އިން ބުނީ އެތަނުން މިހާރު ރެޑްބުލް ކޭހެއް ވިއްކަމުން ގެންދަނީ ކުރިން ކޭހެއް ވިއްކަމުން އައި އަގަށްވުރެ ކޭހަކުން 90ރ. ހެޔޮ އަގެއްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top