އިންޓަސްކޫލް ބެޑްމިންޓަން މުބާރާތް ފަށައިފި

DSCN3280.jpg

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ބާއްވާ 18 ވަނަ އިންޓަސްކޫލް ބެޑްމިންޓަން މުބާރާތުގެ ނޯތު ސެންޓްރަލް ޒޯން ގެ މެޗުތައް އޭދަފުށީގައި މިއަދު ފަށައިފި އެވެ.

އޭދަފުށީ އިޖްތިމާއީ މަރުކަޒުގައި ޚާއްސަ ރަސްމިއްޔާތަކާ އެކު މިއަދު ހެނދުނު މި މުބާރާތް ފައްޓަވައިދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އަފްރާހެވެ.

މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މި މުބާރާތުގައި މިޒޯނުން ހަތަރު ސްކޫލަކުން 230 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެ އެވެ. އެއީ ބ. އަތޮޅު ތައުލީމީ މަރުކަޒާއި ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހާއި ނ. ހޮޅުދޫ މޭނާ ސްކޫލާއި އެ އަތޮޅު ކުޑަފަރީ ސްކޫލެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top