ކޮވިޑް ވެކްސިން މާދަމާ ގެންނަނީ

ކޮވިޑް-19 އާއި ދެކޮޅަށް އިންޑިއާ އިން އުފެއްދި ވެކްސިން މާދަމާ ރާއްޖެ ގެނައުމަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ހާމަކުރާ ގޮތުގައި މި ވެކްސިން މާދަމާ ރާއްޖެ ގެންނާނެއެެވެ. މި ތަކެތި ގެނައުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު އެއާ އިންޑިއާގެ ފްލައިޓެއްގައެވެ.

ދަ އިންޑިއަން އެކްސްޕްރެސްގައި ރިޕޯޓްކޮށްފައިވާ ގޮތުން ރާއްޖެއަށް ފޯރުކޮށްދޭނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ “ކޮވިޝިލްޑު” ވެކްސިނެވެ. މިއީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާއިން އުފައްދާ ވެކްސިނެކެވެ. މި ވެކްސިނަށް ހުއްދަ ހޯދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

އެގައުމުގައި މިހާރު ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެސް މި ވެކްސިން ބޭނުންކުރެ އެވެ. ދެން ބޭނުން ކުރަނީ އިންޑިއާގެ ބާރާތު ބަޔޯޓެކުން އުފައްދާ ކޯވެކްސިނެވެ.

ވިއޯނިއުސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން، ކޮވިޝިލްޑު ވެކްސިނަށް ރާއްޖޭގެ ސަރުކާރުން ވަނީ ހުއްދަ ވެސް ދީފަ އެވެ.

މާދަމާ ފޮވުވާ ވެކްސިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފްރަންޓްލައިންގައި މައްސަކަތްކުރާ ހެލްތް ވޯކަރުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށްވެސް އެގައުމުގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލާފައެވެ. ކޮވިޑު ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ޖެހޭނީ my.health.mv ޕޯޓަލުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top