ސަރުބީގެ މިންވަރު މަތިވާނަމަ ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތައް

colostrol.jpg

ވަރަށް އާދައިގެ ކަންތައްތަކަށް ސަމާލުވެ، ފަރުވާތެރިވެގެން ސަރުބީގެ މިންވަރު ދަށްކޮށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރެވިދާނެ އެވެ.

އެމެރިކަން ހާރޓް އެސޯސިއޭޝަން އިން ލަފާދެނީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ކޮލެސްޓްރޯލް ނުވަތަ ސަރުބީ ކާނާއިން ހޯދާ މިންވަރު 300 މިލިގްރާމަށްވުރެ ދަށުގައި ބެހެއްޓުމަށެވެ. ހިތުގެ ބައްޔެއް ހުރި މީހެއް ނަމަ މިނިސްބަތް 200 މިލިގްރާމަށްވުރެ ދަށުގައި ބެހެއްޓުމަށެވެ. ކާނާގައި ސަރުބީ ހިމެނޭ މިންވަރު ދަށްކުރުމަށް، ސެޗިޔުރޭޓެޑް ފެޓް ހިމެނޭ ކާނާ ބޭނުންކުރުން މަދުކުރުމާއި، ތެލާއި ސަރުބީ ގިނައިން ހިމެނޭ ކާނާގެ ބާވަތްތައް ބޭނުންކުރުން މަދުކުރުން މުހިއްމެވެ.

ހަށިގަނޑުގައި ހިމެނޭ ޖުމުލަ ކޮލެސްޓްރޯލް ގެ މިންވަރުން ސަރުބީ މަތިވެފައިވާނަމަ އެނގޭނެ އެވެ. ހަށިގަނޑުގެ ޖުމުލަ ސަރުބީގެ މިންވަރު މަތި ނަމަވެސް ފަރުވާ ފެށުމުގެ ކުރިން ޑެންސިޓީ ދަށް ލިޕޯޕްރޮޓީން އަދި ޑެންސިޓީ މަތި ލިޕޯޕްރޮޓީން ހުރި މިންވަރު ޑޮކްޓަރުން ބަލާނެ އެވެ. ހަށިގަނޑުގައި ޖުމުލަ ސަރުބީގެ ނިސްބަތް ހުންނަންޖެހޭ ގޮތް ތިރީގައި މިވަނީ އެވެ.

ހަށިގަނޑުގައި ނުރަގަޅު ކޮލެސްޓްރޯލްގެ ނިސްބަތް ހުންނަންޖެހޭ ގޮތް:

ހަށިގަނޑުގައި ރަގަޅު ކޮލެސްޓްރޯލްގެ ނިސްބަތް ހުންނަންޖެހޭ ގޮތް:

ކެއުމުގައި ހިތުގެ ދުޅަހެޔޮކަމަށް ބޭނުންތެރި ކާނާގެ ބާވަތްތައް ހިމެނިދާނެ އެވެ. އެގޮތުން ބޭނުންކުރެވިދާނެ ބާވަތްތަކުގެ ތެރޭގައި، ތަރުކާރީ އާ މޭވާގެ ބާވަތްތައް، ތޮޅީގެ ބާވަތްތައް، ފައިބަރު ގިނަ ކާނާގެ ބާވަތްތައް، ޕާން އަދި ޒައިތޫނި ތެޔޮ ފަދަ ތަކެތި ހިމެނެއެވެ.

(1) – ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން: ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑުގައި ހިމެނޭ ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ރަގަޅު ކޮލެސްޓްރޯލްގެ ނިސްބަތް މަތިވެއެވެ.

(2) – ކަސްރަތުކުރުން: ގަވާޢިދުން ކަސްރަތު ކުރުމަކީ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދޭނެ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ގަވާޢިދުން މަދުވެގެން 30 މިނިޓް ހަށިގަނޑަށް ފައިދާހުރި ކޮންމެވެސް ކަސްރަތެއް ކުރުމަށް އާދަކުރާށެވެ. ކަސްރަތުކުރުމަކީ ބަރުދަން ލުއިކޮށް، ހަކުރު ބައްޔާއި، ލޭމައްޗަށްދިއުން ކޮންޓްރޯލްކޮށްދީ ހިތުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.

(3) – ބަރުދަން ލުއިކުރުން: ހަށިގަނޑުގެ ބަރުދަން ލުއިކުރުމަކީ ލޭގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްވާނެ ކަމެކެވެ. މީގެ އިތުރުން ބަރުދަން ލުއިކުރުމަކީ ލޭމައްޗަށްދިއުން ކޮންޓްރޯލް ކޮށްދޭނެ ކަމެކެވެ.

(4) – ގަވާޢިދުން ބޭސްބޭނުންކުރުން: ބައެއް ފަހަރު ހަމައެކަނި ކެއުމަށް ބަދަލު ގެނައުމާއި، ކަސްރަތު ކުރުން ސަރުބީ ދަށްނުވެ ހިގައިދާނެ އެވެ. އެހެން ކަމުން މިހާލަތުގައި ކެއުމަށް ބަދަލު ގެނައުމާއި އެކު، ކަސްރަތުކުރުން ކުރިޔަށް ގެންދަމުން، ސަރުބީ ދަށްކުރުމަށް ޑޮކްޓަރުން ދެއްވާ ބޭސް ގަވާޢިދުން ބޭނުން ކުރަން ޖެހެއެވެ.

| މަސްދަރު: ހާމިމް.ކޮމް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top