ދިރާސީ އާއަހަރު ، 73067 ދަރިވަރުންނާއެކު

DSCN5710.jpg

އަންނަ އާދީއްތަ ދުވަހު މި އަހަރުގެ ދިރާސީ އާ އަހަރު 73،067 ދަރިވަރުންނާއެކު ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި މި އަހަރު ސަރުކާރުގެ 212 ސްކޫލެއްގައި ކިޔަވައިދޭނެ އެވެ. އޭގެތެރެއިން 150 ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ އެވެ. މީގެ އިތުރުން 170 ޕްރީސްކޫލެއްގައި ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އަންނަ އަހަރު 150 ސްކޫލެއްގައި އޯ ލެވެލް ހަދާނެ ކަަމަށާއި 50 ސްކޫލެއްގައި އޭ ލެވެލް އިމްތިހާނު ހަދާނެ އެވެ.

އަންނަ އާދީއްތަ ދުވަހު ދިރާސީ އަހަރު ފަށާއިރު ކުރިން ސްކޫލްތަކުގެ ދަރިވަރުން އަހަރީ ޗުއްޓީ ދެމުން އައި އުސޫލަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބަދަލު ގެނެސް އަހަރީ ޗުއްޓީވަނީ ދެބަޔަކަށް ބަހާލާފައެވެ. އެގޮތުން ސްކޫލް ޗުއްޓީގެ ފުރަތަމަ ބައި ދޭނީ، 31 މެއި 2020 އިން 11 ޖޫން 2020 އަށެވެ. އަދި ދެވަނަ ބައި ދޭނީ، 6 ޑިސެމްބަރު 2020 އިން 7 ޖަނަވަރީ 2021 އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top