އެންމެ ބޮޑު އަދަދަކުން ސާވިސްޗާޖް ލިބުނު ބ.އަތޮޅުގެ ރިސޯޓަކަށް ވައްކަރު

xxl_153111131.jpg

ވައްކަރު މޯލްޑިވްސް ރިސޯޓް .---ފޮޓޯ :ވައްކަރު މޯލްޑިވްސް

ބ.އަތޮޅުގައި ހިންގާ ރިސޯޓު ތަކުގެ ތެރެއިން، ޑިސެމްބަރު މަހު އެންމެ ބޮޑު އަދަދަކުން ސާވިސް ޗާޖު ލިބިފައިވަނީ ވައްކަރު މޯލްޑިވްސް ރިސޯޓުގެ މުވައްޒަފުންނަށް ކަމަށް ރިސޯޓް ވޯކާސް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސް’ ފޭސްބުކް ޕޭޖުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ ރިސޯޓުގެ މުވައްޒަފުންނަށް މިދިޔަ ޑިސެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 17933ރުފިޔާ (1163 ޑޮލަރު) ލިބިފައިވެއެވެ.

އެންމެ މަތިން ސާވިސް ޗާޖު ދީފައިވާ ދެވަނަ ރިސޯޓަކީ އަނަންތަރާ ކިހަވައް މޯލްޑިވްސް އެވެ. އެރިސޯޓުން ވަނީ، ސަރވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 14996ރުފިޔާ (972.48ޑޮލަރު ) ދީފައެވެ.

ބ.އަތޮޅުގެ ރިސޯޓުތަކުގެ ތެރެއިން 3 ވަނަ އަށް އެންމެ ގިނައިން ޑިސެމްބަރު މަހު ސާވިސް ޗާޖު ދީފައިވަނީ އަމިއްލަ މޯލްޑިވްސް ރިސޯޓުންނެވެ. އެރިސޯޓުން ވަނީ، ސާވިސް ޗާޖުގެ ގޮތުގައި 14674ރުފިޔާ (951.6 ޑޮލަރު) ދީފައެވެ.

މި ތިން ރިސޯޓުގެ އިތުރުން ބ.އަތޮޅުގައި ހިންގާ ރިސޯޓު ތަކުގެ ތެރެއިން ސާވިސްޗާޖް ލިބުނުވަރު ހާމަ ކޮށްފައިވަނީ އެންމެ ދެ ރިސޯޓުންނެވެ. އެއީ ފޯސީޒަން އާއި މިލައިދޫ އެވެ. ފޮސިޒަން އިން ވަނީ 14125 ރުފިޔާ (916ޑޮލަރު) އަދި މިލައިދޫ ރިސޯޓުން ވަނީ 13820ރުފިޔާ( 896.27) މުވައްޒަފުންނަށް ދީފަ އެވެ.

ސާވިސް ޗާޖު ނަގައި އެ ބެހުމަކީ މިހާރު ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވާ ކަމަކެވެ. ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިހަ ޕަސެންޓެވެ.

އެހެންނަމަވެސް އަދިވެސް ސާވިސް ޗާޖު ނުދޭކަމުގެ ޝަކުވާތައް ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top