ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ފަސްކޮށްފި

big_h1O9UxbOEFQRFtDp9ewb6dbIZ.jpg

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަނެއްކާވެސް އަންނަ އަހަރުގެ ޖެނުއަރީގައި ބާއްވާ ގޮތަށް ފަސްކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ކުރިން ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ދެން ޕްރައިމަރީ ބާއްވާނެ ތާރީޚަކީ އަންނަ މަހުގެ 20 ވަނަ ދުވަސް ކަމަށް އެކޯލިޝަނުން ބުނެއެވެ.

ޕްރައިމަރީ ލަސްކުރި ސަބަބެއްގެ ގޮތުގައި އެކޯލިޝަނުން ބުނަނީ ޕްރައިމަރީ ބާއްވަން ކުރިން ނިންމި ތާރީޚު މިޑްޓާމް ސްކޫލް ބަންދާ ދިމާވާތީ ގިނަ އަދަދެއްގެ ރައްޔިތުން އުމުރާ އަށާއި ގައުމުން ބޭރަށް ފުރަން ނިންމާފައިވާތީ ޕްރައިމަރީގައި ވާދަކުރާ ގިނަ ކެންޑިޑޭޓުންނާއި، އިއްތިހާދުގެ ގިނަ އަދަދެއްގެ މެންބަރުން ޕްރައިމަރީ ލަސްކޮށްދޭން އެދުމުން ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާކަން ބެލުމަށްފަހު ކެންޑިޑޭޓުން ތަރުތީބު ކުރެވިފައިވާ ގޮތާއި، ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފްތާ ތެރޭގައި އާންމު ކުރާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ. ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުތުވެސް އާންމުކޮށް އިއުލާންކުރާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލުމުން 300 އަށް ވުރެ ގިނަ ބޭފުޅުން ފޯމު ހުށަހަޅުއްވާފައިވާ ކަމަށްވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top