”ތިޔަ ލޯތްބާ ދުރަށް “އޭދަފުށީގައި ދައްކަނީ

177522_3_f46909de3fa57248c6353910b708f1eb600acc9a_medium.jpg

"ތިޔަ ލޯތްބާ ދުރަށް " ފިލްމްގެ ޕޯސްޓަރެއް

ޓެކްނޯ މީޑިއާއިން އުފައްދާފައިވާ ފިލްމް “ތިޔަ ލޯތްބާ ދުރަށް” އަންނަ ބުރާސްފައި ދުވަހުގެ ރޭ އޭދަފުށީގައި ދައްކާ ގޮތަށް ހަމަޖެހިއްޖެއެވެ.

އޭދަފުށީގައި ދިވެހި ފިލްމް ދެއްކުމުގެ ޚިދުމަތް ދެމުން އަންނަ  އޭދަފުށީގެ ޖަމިއްޔާ އެއްކަމުގައިވާ “ކްލަބް ބިގިނާސް (ޓީބީ )އިން ބުނީ ފިލްމްގެ ޓިކެޓް ވިއްކަން ފަށާފައިވާ ކަމަށާ ޓިކެޓްގެ އަގަކީ 100 ރުފޔާ ކަމުގައެވެ. މިކަމާބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންފުުޅު ވާނަމަ 7904426 ނަންބަރު ފޯނަށް ގުޅުމުން ހަމަޖެހޭނެކަމަށްވެސް ޓީބީ އިން މައުލޫމާތު ދެއެވެ.

ލޯބީގެ ވާހަކަތައް ލިއުމަށް މަޝްހޫރު މަރިޔަމް (މަރީ ) ގެ ވާހަކައަކަށް ހަދާފައިވާ މި ފިލްމްގެ ކާސްޓުންނަކީ އަހުމަދު (އަޒޭ) އަޒްމީލާއި މަލީހާ (މަލް) އަދި ލަންކާގެ ތަރިއެކެވެ. އިތުރު ކާސްޓުންގެ ތެރޭގައި އިބްރާހީމް (ޓޮމް) އަމަން އާއި އޭނާގެ މަރިޔަމް ޝަހްޒާ، ސުޖީތާ (ސުޖީ) އަބްދުﷲ އަދި އާރިފާ އިބްރާހީމް ފަދަ ތަރިން ހިމެނެ އެވެ.

މި ފިލްމް ޝޫޓް ކޮށްފައިވަނީ ސްރީ ލަންކާގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top