ކުޑަހުވަދޫ ކައުންސިލުން ސްޓަޑީ ޕާކެއް ހަދަނީ

big_q01t7ZgfA0d6FoHJfNUIlgtN1.jpg

ދ ކުޑަހުވަދޫ ކައުންސިލުން އެރަށުގައި ސްޓަޑީ ޕާކެއް ހަދައިދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން ބީލަށް ހުޅުވާލައިފި އެވެ. ޕާކް ތައްޔާރުކުރަނީ އެތަނުގައި ލައިބްރަރީއެއްވެސް ހިމަނައިގެންނެވެ.

މިކަމާ ގުޅިގެން އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އެތަނުން ދޭ ކުރެހުމާ އެއްގޮތަށް އެ މަޝްރޫއު ހިންގައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަން ހުށަހެޅޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. އަދި ރަޖިސްޓްރޭޝަނަށް 150ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

ރަޖިސްޓްރީވާނީ އެ ފަރާތެއްގެ މައުލޫމާތުު މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު 9781899 މި ނަމްބަރުން ހޯދޭނެ އެވެ.

ކުޑަހުވަދު އަކީ މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ކަނޑައެޅި 7 ރަށުގެ ތެރޭގައި ހިމެނޭ ރަށެކެޗެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top