އަނަންތަރާ ފައިނަލަށް

DSCN3734.jpg

އަނަނަްތަރާ އާއި ދުސިތު ބައްދަލު ކުރި މެޗުގެ ތެރއިން

އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އަނަންތަރާ ކިހަވައް ވިލާސް ހިނގައްޖެއެވެ.

އަނަންތަރާ ފައިނަލަށް ދިޔައީ ސެމި ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ދުސިތު ތާނީއާ ބައްދަލު ކުރި މެޗު، ނިމުނު އިރު ދެޓީމަށްވެސް  ލަނޑެއް ނުޖެހި އެއްވަރު ވުމުން ފެނަލްޓީ ޖަހައިގެން 3-4 އިން މޮޅު ވެގެންނެވެ.

މިއަދުގެ މެޗަކީވެސް ވާދަވެރި އަދި ދެޓީމަށްވެސް ލަނޑު ޖަހާނޭ ފުރުސަތުތަކެއް ލިބިގެން ދިޔަ މެޗެކެވެ.

މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ ދުސިތު ޓީމް ވަނީ މި މެޗް ފިޔަވައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވާފައިވަނީ އަނަންތަރާގެ ހުސެން ހަނާން އެވެ.

ފައިނަލުގައި އަނަންތަރާ ވާދަކުރާނީ ސެމީގެ ދެވަނަ މެޗުގައި މާދަމާ ސޮނެވާ އާއި ފިނޮޅު ރިސޯޓް ބައްދަލުކޮށްގެން މޮޅުވާ ޓީމަކާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top