ދޮންފަނު އިންވިޓޭޝަން ކަޕަށް އޭދަފުށިން ޕްރެކްޓިސް ފަށައިފި

viber_image_2019-11-03_21-56-04.jpg

މުޅި ބ. އަތޮޅަށް ހުޅުވާލައިގެން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ “ދޮންފަނު އިންވިޓޭޝަން ކަޕް” ފުޓްބޯޅަ މުބާރާތުގައި މިއަހަރު އޭދަފުށި ތަމްސީލުކުރާ ވެލާ ސްޕޯޓްސް ކްލަބު ޕްރެކްޓިސް ފަށައިފިއެވެ.

‘ދޮންފަނު ޒުވާނުންގެ ރޫހު’ ޖަމިއްޔާ އިން ބާއްވަމުން އަންނަ މި މުބާރާތުގެ ޕްރެކްޓިސް އޭދަފުށީ ޓީމުން ފެށީ މިދިޔަ ހުކުރުދުވަހުއެވެ. ވެލާ ސްޕޯޓްސް ކްލަބުން ބުނީ މިދިޔަ އަހަރުގެ ޗެންޕިއަން ޓީމް މިއަހަރުގެމުބާރާތަށް ނުކުންނާނީ ޗެންޕިއަންކަން ދިފާއުކުރުމުގެ އަޒުމާއެކުކަމަށެވެ. އަދި ޓީމްގައި މިދިޔަ އަހަރު ހިމެނުނު މުހިއްމު ކުޅުންތެރިން މިއަހަރުވެސް ހިމެނޭނެކަމަށް އެކްލަބުން ބުންޏެވެ.

މިފަހަރު މިމުބާރަތުގައި 6 ޓީމް ވާދަ ކުރެއެވެ. އެއީ މުބާރަތް ބާއްވާ ރަށް، ދޮންފަނާއި ކެންދޫ. ކިހާދޫ. މާޅޮސް ،ގޮއިދޫ އަދި މުބާރާތުގެ އެންމެ ފަހުގެ ޗެންމްޕިއަން އޭދަފުއްޓެވެ. 2016ވަނަ އަހަރުން ފެށިގެން ދޮންފަނުގައި ބާއްވަމުންއަންނަ މިމުބާރާތުގެ ފުރަތަމަ އަހަރު ޗެންޕިއަންކަން ކިހާދޫ ހޯދިިއިރު، 2017 ވަނައަހަރު ޗެންޕިއަނުންނަކީ ގޮއިދޫއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު 1 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top