ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށަށް

DSCN2184.jpg

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެންމެ ފަހުން އާންމުކުރި ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށަށް ހިނގައްޖެއެވެ.

އެ ބިއުރޯއިން ހާމަކުރިގޮތުގައި ވޭތުވެދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.23 ޕަސެންޓް ދަށްވެފައިވާ އިރު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 99.8 އިންސައްތައިގައެވެ.

މިއީ މި އަހަރުގެ އޮގަސްޓް މަހާ އަޅާބަލާ އިރު 0.23 ޕަސެންޓް ދަށް އަދަދެއް ކަމަށް ވިޔަސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 0.02 ޕަސެންޓް މަތީ އަދަދެކެވެ.

ސެޕްޓެމްބަރު މަހު އެންމެ ބޮޑަށް އަގު ދަށަށް ދިޔަ ބާވަތްތަކުގެ ތެރޭގައި މޯބައިލް ފޯނުގެ ބިލުން (5.10-) ޕަސެންޓް، މޯބައިލް ފޯނުން (1.88-) ޕަސެންޓް، ވައިގެ މަގުން ކުރާ ދަތުރު (1.68-) ޕަސެންޓް، ބޫޓާއި ފައިވާން (1.56-) ޕަސެންޓް، މޭވާގެ ބާވަތްތަކުން (1.21-) ޕަސެންޓް، އަންނައުނުން (0.60-) ޕަސެންޓް، އަދި ސައިކަލުން (0.56-) ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.

ސެޕްޓެމްބަރު މަހު އެންމެ ބޮޑަށް އަގު މައްޗަށް ދިޔަ ބާވަތްތަކުގެ ތެރޭގައި ތަރުކާރީ ، ފޮތް، އިންޓަނެޓް، މަސް އަދި ކިރާއި ބިސް ހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި މާލެއާއި އަތޮޅުތަކުގެ އިންފްލޭޝަން ރޭޓަށް ވަކިން ބަލާ އިރު، މާލޭގެ އިންފްލޭޝަން ރޭޓް ހުރީ 99.8 ޕަސެންޓްގަ އެވެ. އެއީ އޮގަސްޓް މަހާ އަޅާބަލާ އިރު 0.17 ޕަސެންޓް ދަށް އަދަދެކެވެ.

އަދި ސެޕްޓެމްބަރު މަހު އަތޮޅުތަކުގެ އިންފްލޭޝަން ރޭޓް 99.7 ޕަސެންޓްގައި ހުރި އިރު، މިއީ އޭގެ ކުރީ މަހާ އަޅާބަލާ އިރު 0.32 ޕަސެންޓް ދަށް އަދަދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top