2028 ވެސް ކާމިޔާބު ކުރާނީ ޕީއެންސީން: އެމްޕީ ސަލީމު

large_170788322114eDUB.jpg

2028 ގެ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރާނީ ޕީއެންސީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބަހުސްގައި ސަލީމް ދާދި ފަހުން ބޭއްވި ކައުންސިލްތަކުގެ އިންތިޚާބުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުން ވެސް ޕީއެންސީ ބަލިނުވާ ކަމަށެވެ.

އެކަމަކު އެ އިންތިޚާބުތަކުގައި އެ ޕާޓީ ބަލިވެ، އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ލިބިފައިވާ ވާހަކަ އެ ޕާޓީގެ މެންބަރުން ދައްކާ ކަމަށް ސަލީމު ވިދާޅުވި އެވެ.

އެ އިންތިޚާބުތަކުން ޕީއެންސީ ބަލިނުވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

“އިންތިޚާބަކުން ބައްޔެއް ނުވޭ، ތާރީޚަށް ބަލާއިރުގައި އެއްވެސް އިރެއްގައި ޑިމޮކްރަސީ އުފެދުނުފަހުން މިހާތަަނަށް ރާއްޖޭގައި ވެރިކަންކުރި އެއްވެސް ބަޔަކަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިފައެއް ނެތް،” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ނެގި ވޯޓުން މާބޮޑު ޖަތީޖާއެއް ލިބުނުކަމަށް ހީކޮށް، 2028 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ހުވަފެން އިދިކޮޅު އެމްޑީޕީން ދެކެމުން އަންނަ ކަމަށެވެ.

“ހުވަފެނުގައި ދެން 2028 ލިބިފައޭ މި ކިޔަނީ، އެ ލިބިގެން ވަަރަށް ފުއްޕައިގެން މިތިބެނީ، 2028 އެއް ނުލިބޭނެ އަޅުގަނޑުމެން މިހެން، ފުރާނަ ސަލާމަތުން ތިބިއްޔާ 2028 ގެންދާކަށެއް ނުކެރޭނެ، 2028 ގެންދާނީ ޕީއެންސީން.” އޭނަ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top