އޭދަފުށީ އަންހެނުން ކޮމެޓީން ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ

275203362_266854908964330_1407524769636184374_n-1.jpg

އޭދަފުށީ އަންހެނުންގެ ފަރާތުން ބޭއްވި އިވެންޓެއްގައި ތައްޔާރުކޮށްފައިވާ ކެއުމެއް

އޭދަފުށީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅުވައިގެން ކާބޯތަކެތީގެ މައުރަޒެއް ބާއްވަން ނިންމައިފި އެވެ.

މުޅި އޭދަފުއްޓަށް ހުޅުވާލައިގެން ބާއްވާ މި މައުރަޒު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު ހަވީރު އޭދަފުށީ އުތުރު ފަރާތު ސްޓޭޖް ސަރަހައްދު ގައެވެ.

މައުރަޒުގެ ރަންވަނަ ތަކަށް އިނާމު ކަނޑައެޅިފައިވާ އިރު ކޮމެޓީން ބުނީ މިމައުރަޒުގައި ބައިވެރިކުރާ ތަކެތީގެ ތެރެއިން ވަނަތަކަށް ވާދަކުރާ ތަކެތީގައި ހިމެނޭނީ ދިވެހި އުފެއްދުންތެރި، އަދި އެބައެއްގެ އަމިއްލަ އުފެއްދުންތައް ކަމަށެވެ.

”މި މައުރަޒުގެ ބޭނުމަކީ އޭދަފުށީ އަންހެނުންނަކީ އެމީހުންގެ އަމިއްލަ ކާބޯތަކެތި އުފެއްދުމަށް ޝައުގުވެރިކަން ހުރި ބަޔަކަށް ހެދުން. ހަމައެހެންމެ އަޅުގަނޑުމެންގެ ތެރެއިން އުވި ގޮސްފައިވާ އެކިއެކި މީރު ކާބޯތަކެތި އުފެއްދުމަށް ހިތްވަރު ދިނުން.“ ކޮމެޓީންމައުލުމާތުދެއްވިއެވެ.

މައުރަޒުގައި ބައިވެރި ކުރާ ތަކެއްޗަށް ޖަޖުން އިންސާފު ކުރުމަށް ފަހު އާއްމުކޮށް ވިއްކަން ހުޅުވާލާނެ ކަމަށް ކޮމެޓީން ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top