އަންނަ އަހަރުގެ ބަންދު ދުވަސްތަކަށް އިތުރު 6 ދުވަސް

img_md_201912110313441576059224.8102.jpg

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް --ފޮޓޯ :ރައީސް އޮފީސް

އަންނަ އަހަރުގެ ބަންދު ދުވަސްތަކަށް 6 ދުވަސް އިތުރުކޮށްފިއެވެ.

އަންނަ އަހަރުގެ ބަންދު ދުވަސްތަކަށް އިތުރު 6 ދުވަސް އިތުރު ކުރުމަށް ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ބަންދު ދުވަސްތައް އިތުރުކޮށްފައިވާކަން އިއުލާންކުރެއްވީ ރައީސް އޮފީހުގެ ތަރުޖަނާމު އިބްރާހިމް ހޫދެވެ.

ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތުގައި އެ ދުވަސްތަކަކީ ޖަނަވަރީ 2، މެއި 27، މެއި 28، ޖުލައި 28، ޖުލައި 29 އަދި ނޮވެމްބަރު 12 އެވެ.

މިނިންމުމާއެކު އަންނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކުގެ އަދަދު 25 އަށް އަރާނެއެވެ. މިހާރު ބާޒާރަށް ނެރެފައިވާ ބައެއް ކަލަންޑަރުތަކަށް ބަލާއިރު ބަންދު ދުވަސްތައް ކަމުގައި ބުނެފައިވަނީ 19 ދުވަހެކެވެ.

އަންނަ އަހަރު ސަރުކާރު ބަންދު 25 ދުވަހެއް އަންނައިރު މި ހިނގާ 2019 ވަނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ 22 ދުވަހެވެ.

އަލަށް ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަސް ތަކުގެ ތެރެއިން ޖެނުއަރީ މަހު ދެވަނަ ދުވަސް ބަންދު ދުވަހުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އާ އަހަރުގެ މުނާސަބަތުގައި ކަމަށް ވެދާނެ އެވެ. އަދި މޭ މަހު 27، 28 ބަންދުކޮށްފައިވަނީ ފިތުރު އީދުގެ މުނާސަބުގައި ކަމަށް ބެލެވެއެވެ. އަންނަ އަހަރުގެ ފިތުރު އީދު ދުވަހުގެ ގޮތުގައި ކަނޑައަޅާފައި ވަނީ މޭ 25، އަދި 26 އެވެ. ޖުލައި 27، 28 ދުވަސް ބަންދު ކުރުމަށް ނިންމާފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށް ބެލެވެއެވެ.

12 ނޮވެމްބަރަކީ ރާއްޖޭގެ ޖުމްހޫރީ ދުވަހާއި ވިދިގެން އަންނަ ދުވަހެވެ. އެގޮތުން އަންނަ އަހަރު 11 ނޮވެމްބަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރޭނެއެވެ، އެހެން ކަމުން 12 ނޮވެމްބަރު ބަންދު ކުރުމަށް ނިންމާފައިވަނީ އެކަމުގެ މުނާސަބާތުގައި ކަމަށް ބެލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top