ރާނީ މުކަރްޖީ ވިހައިފި

439863-rani-mukerji-1.jpg

90ގެ އަހަރުތަކުގައި ބޮލީވުޑް ފިލްމުތަކުން ވިދާލި މަޝްހޫރު އެކްޓްރެސް ރާނީމުކަރުޖީ ވިހައިފިއެވެ. އެކްޓަރ އަދި ޕްރޮޑިއުސަރ އަދިތުޔާ ޗޯޕްރާއާއި ކައިވެނި ކޮށްފައިވާ ރާނީ އަންހެންކުއަޖަކު ވިހޭކަން ފިރިމީހާ އަދިތުޔާ ޗޯޕްރާގެ އާއިލާއިން ވަނީ މީޑިއާއަށް ޔަގީންކޮށްދީފައެވެ.

މިޚަބަރު ދެމުން ޗޯޕްރާ އާއިލާއިން ނެރުނު ބަޔާނެއްގައިވަނީ މިއަދަކީ އެއާއިލާއަށް ލިބުނު ވަރަށް އުފާވެރި ދުވަހެއްކަމާއި ރާނީއާއި އާއިލާއަށް އަލަށް ގުޅުނު ބޭބީ ގާރލް އަށް މަރުހަބާ ކިޔާ ކަމުގައެވެ.

މިކަމުގެ އުފަލުގައި ކަރަންޖޯހަރު ކޮށްފައިވާ ޓުވިޓެއްގައިބުނެފައިވަނީ މިއަދު އަހަންނަށް ބޮޑުބޭބެކިޔާ ލޯބިލޯބި ކުއްޖެއް ލިބުނުކަމުގެ އުފާވެރި އިހްސާސް ކުރވޭކަމުގައެވެ.  އެކަމަށްޓަކާ ކަރަން ވަނީ ބޭބީއަށް ހެޔޮއެދުންތައް ފޮނުވަމުން އަދީއާއި ރާނީއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރާނީއާއިއަދިތުޔާ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރީލްމަހު އިޓަލީގައެވެ. އެއާއެކު ރާނީ ބަލިވެއިންކަމުގެ އަޑުތަކެއްވެސް ފެތުރިގެން ދިޔައެވެ.

މީގެ ކުރިން އަދިތުޔާ ވަނީ ކައިވެންޏެއް ކޮށްފައެވެ. އެހެންނަމަވެސް ރާނީގެ މިއީ އަލަތު ކައިވެންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top