ކުޑަކުޑަފެހެންދޫ ބޮޑުބޮޑުއޭދަފުށި ބަލިކޮށްފި

DSC_2723.jpg

8ޑިސެމްބަރ. ބ.އަތޮޅު ފުޓްބޯލް ޗެލެންޖްގައި ބައްދަލުކުރި އޭދަފުށި_ފެހެންދޫގެ މެޗުގެ ތެރެއިން

ކުޑަކުޑަ ފެހެންދޫ އަތުން ބޮޑުބޮޑު އޭދަފުށި ބަލިވެއްޖެއެވެ. މިހާރު އޭދަފުށީގައި ކުޅެވެމުންދާ ބ. އަތޮޅު ފުޓްބޯލް ޗެލެންޖްގައި މިއަދު މެންދުރު ބައްދަލުކުރި ފެހެންދޫއާއި އޭދަފުށިގެ މެޗުން އޭދަފުށި ބަލިވީ 2-0ންނެވެ.

މިމެޗް ފެހެންދޫ ކާމިޔާބުކުރުން ހިމެނިގެން ދިޔައީ ކުޑަކުޑަ ފެހެންދޫއަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައެވެ. ބ. އަތޮޅުގެ ފުޓްބޯޅައިގެ ރަސްގެފާނުގެނަމުން މަޝްހޫރުވެފައިވާ އޭދަފުށީގެ އަތުން ފެހެންދޫ މޮޅުވުމަކީ އާދައިގެ ކަމެއްނޫންކަމުގައި މިއަދު ކުޅިބަލަން ވަން ގިނަ ބަޔަކު ބުނަމުން ދިޔައެވެ. އަދި މި މޮޅުވުން ކޮންމެ މީހަކުވެސް ސިފަކުކުރާނީ އެއްވެސް ޝައްކެއް ނެތްގޮތުގައި ސަޕްރައިސެއްގެ ގޮތުގައިކަމަށްވެސް އެމީހުން ބުނަމުން ދިޔައެވެ.

ފެހެންދޫ މި މެޗުން މޮޅުވުމާއެކު އެޓީމު ސެމީފައިނަލަށް އައުމަށްކުރި ދަތުރު ނިމުނީއެވެ. ހަމައެއާއެކު އޭދަފުށްޓަށް އެފުރުސަތު ކުޑަވެގެން ދިޔައީއެވެ.

މި މެޗުގެ ފުރަތަމަ ލަނޑަކީ އޭދަފުށީ ޓީމުގެ ކީޕަރުއަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. ފެހެންދޫގެ ދެވަނަ ލަނޑު ޖަހާފައިވަނީ މެޗު ނިމެން އުޅެނިކޮށް އެޓީމުގެ އަހްމަދު ނިޒާމުއެވެ.

މިމެޗު ނިމުމާއެކު ފެހެންދޫ މިވަނީ 6 ޕޮއިންޓާއެކު ގްރޫޕްބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް އައިސްފައެވެ.

މިއަދު ހަވީރު ކުޅެވުނު ދަރަވަންދޫއާއި ކުޑަރިކިލު ބައްދަލުކުރި މެޗު ނިމުނީ 0-1 ން ކުޑަރިކިލު މޮޅުވެގެންނެވެ. މި ނަތީޖާއާއެކު ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ކަށަވަރުވާނީ ކުރިއަށްހުރި މެޗްތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

8ޑިސެމްބަރ: މިއަދު ކުޅެވުނު ކުޑަރިކިލު-ދަރަވަންދޫގެ މެޗުގެ ތެރެއިން

8ޑިސެމްބަރ: މިއަދު ކުޅެވުނު ކުޑަރިކިލު-ދަރަވަންދޫގެ މެޗުގެ ތެރެއިން

މިމުބާރާތުގައި މާދަމާ ވެސް ދެމެޗުކުޅުމަށް ހަމަޖެހިފައިވެއެވެ. އެއީ މެންދުރު1:00 ގައި ކުޅޭ ފުޅަދޫ-ގޮއިދޫގެ މެޗާއި ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ކިހާދޫ- މާޅޮސް މެޗެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top