ލަނޑު ގޯންޏަކާއެކު ނައިފަރު ބަލިކޮށް އޭދަފުށި ސެމީއަށް

img-9192-1536x1024-1.jpeg

ގޯލްޑް ކަޕުގައި އޭދަފުށިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ-- ވަގުތު އިމޭޖަސް: އަބްދުالله އަބީދު

ނައިންޓީ ޕްލަސް ގޯލްޑް ކަޕުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު އޭދަފުއްޓާއި ނައިފަރު ބައްދަލު ކުރި މެޗު ފަސޭހަކަމާއެކު 5- 0 ގެ ބޮޑު ތަފާތަކުން ނައިފަރު ބަލިކޮށް ލަނޑު ގޯންޏަކާއެކު އޭދަފުށި ސެމީ ފައިނަލަށް ހިނގައްޖެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު އޭދަފުށީގެ ސަޕޯޓަރުންގެ ފޯރިއާއެކު ރަށުގެ ފެންވަރު ދައްކާލީ ގައުމީ ޓީމު ގައި ހިމެނޭ އެރަށުގެ ގެ ސީނިއާ ކުޅުންތެރިންވެސް މެޗަށް ނެރެގެންނެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ނައިފަރު ޓީމަށް ރަނގަޅަށް ހިންދެމިނުލެވި އުޅެނިކޮށް އޭދަފުށިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފައެވެ.

ނައިފަރު ޓީމުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް މި ގޯލުގެ ފަހުން ގިނައިރުތަކެއް ނުވަނީސް އޭދަފުށި ޓީމަށް ލިބުނު ޕެނަލްޓީ އެއް އޭދަފުށީގެ ހައިޝަމް ހަސަން ފޮނުވާލި ޕެނަލްޓީ ނައިފަރު ކީޕަރު އަބްދުﷲ މުހައްމަދު ވަނީ ދިފާއުކޮށްފައެވެ.

ނަމަވެސް މެޗުގެ 15 ވަނަ މިނެޓުގައި އިތުރު ގޯލެއް ކާމިޔާބުކޮށް ދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ނައިފަރުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅައާއެކު ވަދެ ކީޕަރު ކައިރިންވެސް ނައްޓާލުމަށްފަހު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު އޭދަފުށިން ވަނީ އިތުރު ގޯލެއް ޖަހައި 3-0 އަށް ނަތީޖާ ބަދަލު ކޮށްލާފައެވެ. ނައިފަރުގެ މި ގޯލު އޭދަފުއްޓަށް ކާމިޔާބުކޮށް ދިނީ އިޝާން އިބްރާހިމް އެވެ.

ދެވަނަ ހާފުގައި ނައިފަރުން ކުޅުން ރަނގަޅުކޮށް އޭދަފުށީގެ ގޯލަސް ގިނަ ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް ނައިފަރަށް ގޯލެއް ނުޖެހި އުޅެނިކޮށް މެޗުގެ 64 ވަނަ މިނެޓުގައި އޭދަފުށީގެ މުހައްމަދު ފާސިރު ވަނީ އިތުރު ގޯލެއް އޭދަފުއްޓަށް ކާމިޔާބުކޮށްދީފައެވެ.

އޭދަފުށީގެ ފަސްވަނަ ގޯލަކީ އޭދަފުށީގެ އަހުމަދު އައިހަމް، ނައިފަރު ޕެނަލްޓީ އޭރިޔާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ އެއް އިޝާން ބޮލުން ޖަހައިގެން ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބު ކުރި ގޯލެކެވެ.

ސެމީ ފައިނަލުގައި އޭދަފުށި ނުކުންނަން ޖެހޭނީ ކުއާޓާ ފައިނަލުގައި މާލެ ސިޓީއާއި ކ. ގުރައިދޫ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top