ރ އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް

Capture-9-976x630-1.jpg

ހެޔޮއެދޭ ފަރާތެއްގެ އެހީގައި ރ އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވަން ނިންމާފައިވާތީ އެފުރުސަތު އެ އަތޮޅުގެ ރަށްރަށުގެ މީހުންނަށް ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައި ވަނީ މާލީ ތަނަވަސްކަން ނެތް އަދި ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ އުމުރުން 40 އަހަރުން މަތީގެ މީހުންނަށެވެ.

ދުވާފަރު ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ މިކަމަށް ޝައުގުވެރިވާ މީހުން މާދަމާ މެންދުރު ފަހު 2:00 ގެ ކުރިން ސިޓީ ފޮނުވަން އެދިފަ އެވެ. ސިޓީއާ އެކު އެ މީހެއްގެ އައިޑީ ކާޑުގެ ދެ ފުށުގެ ސާފު ކޮޕީއެއް ހުށަހަޅަން ޖެހޭނެ އެވެ.

މުޅި ރ. އަތޮޅަށް ހުޅުވައިލި މި ފުރުސަތުގެ ދަށުން ކޮންމެ ރަށަކުން ވެސް އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ އެ ރަށަކުން މީހަކު ހޮވާނީ ގުރުއަތުލައިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top