ޖަޕާނުން ރާއްޖެއަށް ކޮވިޑް ވެކްސިން ހަދިޔާ ކުރަނީ

big_vZl3n1w6zVqvwULwX1hEdxjyv.jpg

ޖަޕާންގެ ފޮރިން މިނިސްޓަރު މިސްޓަރު ޓާރޯ ކޯނޯ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ކޮވެކްސް ފެސިލިޓީގެ ދަށުން ޖަޕާނުން ރާއްޖެއަށް ކޮވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކޮވެކްސް ފެސިލިޓީގެ ދަށުން ޖަޕާނުން 10 ގައުމަކަށް 11 މިލިއަން ވެކްސިން ޑޯޒް ފޯރު ކޮށްދިނުމަށް ކަނޑައެޅި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. ނަމަވެސް އެ ގައުމުން ހަދިޔާ ކުރަނީ ކޮން ވައްތަރެއްގެ ވެކްސިނެއް ކަމެއް ސާފެއް ނޫނެވެ.

މިކަމުން ރާއްޖެއާއި ޖަޕާނުގެ ގާތް ގުޅުން ހާމަކޮށްދޭ ކަމަށާއި، އެކަމަށްޓަަކައި ޖަޕާނު ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ކޯވެކްސް ފެސިލިޓީއަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް ހަމަހަމަކަމާއިއެކު ކޯވިޑް-19 ވެކްސިން ފޯރުކޮށް ދިނުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިސްވެ އުފައްދާފައިވާ ފެސިލިޓީއެކެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިންނެވެ. ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. ސިނަފޯމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދޭނެ އެވެ.

ރާއްޖޭގައި މިހާރުވެސް ވެކްސިން ޕްރޮގްރާމް ކުރިއަށްދާއިރު، ރާއްޖޭގައި މިހާރު ދެމުންދަނީ ޗައިނާގެ ސިނޯފާމް ވެކްސިންއާއި އިންޑިއާގެ ކޮވިޝީލްޑް ވެކްސިނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top