ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު އިތުރުކުރަނީ

big_HVOToiAbcWxv2csi7zK5YpEly.jpg

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ-- ފޮޓޯ/ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް ގެ ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެބޭންކްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.

ބޭންކުގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓިމް މިހެން ވިދާޅުވި ނަމަަވެސް ބޮޑުކުރުމަށް ހަމަޖެހިފައިވާ ސީދާ އަދަދެއް އޭނާ ހާމައެއް ނުރައްވަ އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރު ވަރަށް ބޮޑަށް ދަށްވުމާއެކު ބީއެމްއެލްއިން ދޫކޮށްފައިވާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހު ވަނީ ބަދަލުގެނެސްފަ އެެވެ.

އެ ނިންމުން ބޭންކުން ނިންމިއިރު ރާއްޖޭން ބޭރަށްދާ ޑޮލަރުގެ ނިސްބަތުން ހުރި ކަންބޮޑުވުމާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރަށް އިސްކަންދިނުން އޮތީ މުހިންމުވެފަ އެވެ.

މިހާރު ބޭންކުގެ ކްރެޑިޓް އަދި ޑެބިޓް ކާޑަށް ކަނޑައެޅިފައިވާ ލިމިޓަކީ ކޮންމެ މަހަކު ކާޑަކަށް 250 ޑޮލަރުގެ ލިމިޓެކެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3,000 ޑޮލަރާ ހަމަޔަށް ކާޑުން މުއާމަލާތް ކުރެވެ އެވެ. އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ކޮންމެ ކާޑަކަށް މަހަކު 750 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައެޅިފައެވެ.

މީގެ އިތުރުން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ކާޑުން ފައިސާ ދެއްކުމަށް ބީއެމްއެލްއިން އަންނަނީ އެހީތެރިވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top