ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

ހހހހ-800x600-800x600.jpg

އޭދަފުށީގައި ހުންނަ ޕެޓްރޯލް ޝެޑަކުން މީހަކު ޚިދުމަތް ހޯދަނީ

ސަރުކާރާއި ރައްޔިތުން ހިއްސާ ވާ ކުންފުނި، އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެއަގު އަނެއްކާވެސް ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި މިއަދުން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ކަމަށްވާ، ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އަގަށް އަލަށް ގެނައި ބަދަލާއިއެކު އެކުންފުނިން ވިއްކަމުން އައި ޕެޓްރޯލް ލިޓަރެއް މިއަދުން ފެށިގެން ވިއްކާނީ 10.72ރު. އަށެވެ. ޑީސަލް ލިޓަރެއް މިއަދުން ފެށިގެން ވިއްކާނީ 10.95ރު. އަށެވެ.

އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އޭރު ޕެޓްރޯލް ލިޓަރެއް ވިއްކަމުން އައީ 9.74 ރުފިޔާއަށް އަދި ޑީސަލް ލިޓަރެއް ވިއްކަމުން އައީ 10.72 ރުފިޔާއަށެވެ. އެހެންކަމުން މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރަކުން 98 ލާރި އަދި ޑީސަލް ލީޓަރަކުން 23 ލާރި ވަނީ ބޮޑުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ތެލަށް އޮތް ޑިމާންޑް ދުނިޔޭގެ ބާޒާރުގައި ދަށަށް ދިއުމަށް ފަހު މިހާރު ޑިމާންޑް އިތުރުވަމުން އަންނާތީ ތެލުގެ އަގު އަންނަނީ އުފުލެމުންނެވެ. ޑިމާންޑް އިތުރުވަމުން އަންނަ އިރުވެސް ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަން އޯޕެކްގެ ގައުމުތަކުން ބޭނުން ނުވާތީ އަދިވެސް ތެލުގެ އަގު އުފުލުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top