ކެންޑިޑޭޓުންގެ ބަސް: ޝަމްލާ އަބްދުﷲ

DSC_4631.jpg

ކެންޑިޑޭޓްގެ ތައާރަފް :

ބ. އޭދަފުށީ މުޝްތަރީގޭ ޝަމްލާ އަބްދުﷲ އަކީ އާދައިގެ ކަނބަލެއް ނޫނެވެ. ކުރިން ޓީޗަރެއްގެ ވަޒީފާ އަދާކުރެއްވުމަށްފަހު، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގައި 12 އަހަރު ޚިދްމަތް ކުރެއްވުމަކީ އޭނާގެ ގާބިލްކަމާމެދު ސުވާލު އުފައްދާ ފަރާތްތަކަށް ދޭން އޮތް ޖަވާބެވެ. ޝަމްލާ އެކަން ކުރެއްވީ ބެލެނިވެރިންނާ އެނާއާ މެދު އޮތް ގުޅުން ވަރުގަދަކަމުންނެވެ. މީގެ އިތުރުން ކަނބަލުންގެ ނަމޫނާ ވިޔަފާރިވެރިއެކޭވެސް ބުނެވިދާނެއެވެ. ނިޔަމި ފޮޓޯއާ، ނިޔަމި ޓްރޭޑަކީ ޝަމްލާގެ ބްރޭންޑެކެވެ. އޭނާގެ އިޖްތިމާއީ ހަރަކާތަތަކުގެ އެންމެ އުސް އަލިތަކުގެ ތެރޭގައި ފޭލި ޖަމްއިއްޔާގައި އޭނާ އަދާކުރެއްވި ދައުރާއި، މިހާރު ޖެންޑާ މިނިސްޓްރީން އޭދަފުށީގައި ހަދާފައިވާ ކޮމިއުނިޓީ ސޯޝަލް ގްރޫޕް މެމްބަރުކަން ކުރައްވަނީ ހިލޭ ސާބަހަށެވެ. ޝަމްލާގެ ސިޔާސީ ކެރިއަރުގައި އޭނާ ފާހަގަކުރަން އެންމެ ފަސޭހަވާނީ ޑީއާރުޕީގެ 2 ކޮންގްރެސްގައި އޭދަފުށި ތަމްސީލް ކުރުމާ، ޕީޕީއެމްގެ އަތޮޅު މަހާސިންތާގައި ބައިވެރިވުމުގެ ޝަރަފާއެކުގައެވެ.

އޭދަފުށީ ކައުންސިލަށް ކުރިމަތިލެއްވީ ކީއްވެގެންތޯ؟

ކައުންސިލަށް ކުރިމަތިލީ މައިގަނޑު އެއް ސަބަބަކީ އޭދަފުށީގެ އަންހެނުން ބާރުވެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރުން. އެމީހުންނަށް އިތުރު ފުރުސަތުތައް ހޯދާދީ، މުޖްތަމައުގައި އަގުހުރި ބަޔަކަށް ހަދާދިނުން. އޭގެ އިތުރުން އޭދަފުށީގެ ތަރައްޤީ ކުރުމުގައި އަޅުގަނޑުގެ ބައިވެރިވުން ބާއްވަން ބޭނުންވާތީ

ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލެއްވީ ކީއްވެގެންތޯ ؟

އަޅުގަނޑު މިދާއިރާއަށް ޝައުޤުވެރިކަން ހުރުން އެއްސަބަބަކީ. އަޅުގަނޑަކީ ޕީޕީއެމް މެމްބަރެއް. އަޅުގަނޑަށް މިފުރުސަތު ޕީޕީއެމް އިން ދިނީ މިކަމަށް އެދިއެދި ހުއްޓާ. އެހެންވީމާ، ޕީޕީއެމްއިން ކުރިމަތިލީ. އަނެއްކޮޅުން ސަރުކާރު ޕާޓީއަށްވީމާ، ރަށުގެ ކަންކަން ކުރަން ފަސޭހަވާނީވެސް ޕީޕީއެމްއަށްވީމަ، އެޕާޓީން ކުރިމަތިލީ.

ދާއިރާގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ އަވަހަށް ހައްލުގެނައުމަށް އިސްކަންދެއްވާނެ 3 ކަމެއް ބަޔާންކޮށްދެއްވާ؟

އެންމެބޮޑު އިސްކަމެއްްދެނީ އޭދަފުށީގެ އަންހެނުން ބާރުވެރި މުޖްތަމައުގެ ގަދަރުހުރި ބަޔަކަށް ހެދުމަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި މިވަގުތު އޭދަފުށީ އަންހެނުން މިތިބީ ތިބެންޖެހޭ ހިސާބަކު ނޫން. އެބޭފުޅުންނަށް ކައުންސިލް މެދުވެރިކޮށް ހުނަރުވެރި މަސައްކަތްތަކަށް އަހުލުވެރި ކުރުވަން ވިސްނުން އެބަހުރި. އެކަން ކުރެވޭނެ ގޮތްތައް އަޅުގަނޑުމެންގެ ޓީމުން ރާވަމުން މިދަނީ.

ދެވަނަ ކަމަކީ އޭދަފުށީގެ އާންމު ޤަވާއިދުތައް މިހާރު ތަންފީޒުކުރުމުގައި ދަތިތަކެއް ދިމާވެފައި އެބަހުރި. ބޮޑު މައްސަލައަކީ ގަވާއިދުތަކަށް އާންމުން ޚާއްސަކޮށް އަންހެނުން ހޭލުންތެރިކަން ކުޑަ. އަޅުގަނޑުގެ ޓީމުން މަސައްކަތް ކުރާނެ ދާއިރާއެއް މިޤަވާއިދުތަކަށް އާންމުން ހޭލުންތެރިކޮށް، ޤަވާއިދު ތަންފީޒުކުރެވޭތޯ ބެލުމަކީ. ކައުންސިލްގެ މެމްބަރުންނާ ގުޅިގެން މިކަން ކުރެވޭނެ ހިތްވަރު އަޅުގަނޑުގެ އެބަހުރި.

އަބަދުވެސް އަޑުއިވެނީ ކައުންސިލްއަށް ކަމެއް ނުކުރެވޭ ވާހަކަ. ކައުންސިލަށް ރައްޔިތުންގެ އިތުބާރެއް ނެތްވާހަކަ. އަޅުގަނޑުގެ އެއް މަސައްކަތަކަށްވާނެ މިދެކޭގޮތް ބަދަލުކޮށް ކައުންސިލަކީ ރައްޔިތުންގެ އިތުބާރު އޮތް ބަޔަކަށް ހެދުން. އެކަން ކުރެވޭވަރުގެ ޤާބިލް ޓީމެއް އަޅުގަނޑުގެ ފަހަތުގައި އެބައޮތް. އެޓީމްގެ ލަފަޔާއެކު މިކަން ހާސިލް ކުރެވޭނެ އިރާދަކުރެއްވިއްޔާ

ކައުންސިލަށް ހޮވިއްޖެނަމަ، ރައްޔިތުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ ކޮބައިތޯ: 

އުފާވެރި އެއް ޚަބަރަކީ ކަމެއް ނުކުރެވިގެން އަޅުގަނޑު މާޔޫސްއެއް ނުވާނޭ. އިސްތިއުފާދީފައި ނުދާނަމޭ. ކެރިގެން ރައްޔިތުންގެ ކަންކަމުގައި ގިނަ ވަގުތު މަސައްކަތް ކުރެވޭނެ މީހެކޭ އަޅުގަނޑަކީ. އަޅުގަނޑުގެ ފަހަތުގައި ވަަރަށް ޤާބިލް ތަޖުރިބާހުރި ޓީމެއް އެބައޮތޭ. އަޅުގަނޑަށް ޔަގީންކަން ދޭން ކެރެއޭ އޭދަފުށީ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދެވޭނެ ނަމްބަރަކަށް ކެންޑިޑޭޓް ނަމްބަރ 7 ވާނެކަމުގެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top