ނިއުމާ، ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިއާއަށް

DSCN2771.jpg

ދިވެހި ސިވިލް ސާވަންޓުންގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ތަމްރީން ދަތުރެއްގައި އޭދަފުށީ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރު ނިއުމާ އަހުމަދު އިންޑިއާއަށް ފުރައިފިއެވެ.

ނިއުމާއާއެކު މި ތަމްރީނުގައި 50 ސިވިލްސާވަންޓުން ބައިވެރި ވެއެވެ. މި އެންމެން އިންޑިއާއަށް ފުރީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގްރޫޕް ފުރާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ދެވަނަ ގްރޫޕް ފުރީ އިއްޔެއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ދެ ހަފުތާގެ އެ ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ދާނީ މާދަމާއިން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮގްރާމުގައި އިންޑިއާގެ ސިވިލް ސާވިސްއާ ބެހޭގޮތުންނާއި، އިގުތިސާދީ، އިޖްތިމާއީ، ތިމާވެއްޓާއި އެކިއެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނޭނެއެވެ. މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ސިވިލް ސާވިސްގެ ދާއިރާގައާއި ސަރުކާރު ހިންގުމުގައި އިންޑިއާގެ ތަޖުރިބާ ބައިވެރިންނާ ހިއްސާ ކުރާގޮތަށެވެ.

ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމަކީ ސިވިލް ސާވިސް ކޮމިޝަނާއި އިންޑިއާގެ ނޭޝަނަލް ސެންޓާ ފޯ ގުޑް ގަވާނަންސް (އެންސީޖީޖީ) އާ ދެމެދު 2019 ވަނަ އަހަރު ސޮއި ކުރި އެމްއޯޔޫއެއްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. ހުކުރު ދުވަހު ފުރާފައިވަނީ އެ އެ ހަރަކާތުގެ ދަށުން ތަމްރީނު ކުރާ 22 ވަނަ ބެޗެވެ. އިއްޔެ ފުރީ 23 ވަނަ ބެޗެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާރު 600 އަށް ވުރެ ގިނަ މީހުން ވަނީ ތަމްރީނު ކުރެވިފައެވެ. މި ސަރުކާރުގެ ފަސް އަހަރު ނިމުމުގެ ކުރިން ސިވިލް ސާވިސްގެ 1،000 މުވައްޒަފުންނަށް ތަމްރީން ދިނުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top