މޯދީގެ ދަތުރާ ގުޅިގެން ފެހެންދޫއަށް އުފާވެރިކަން

233778_3_7d3d1995078f1712ecc1c69ebf3e0b09553e38ef_medium.jpeg

ފެހެންދޫސްކޫލް ކުދިން ދަތުރުކުރާ ޑިންގީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިމަހުގެ 7 ގައި ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރާ ދިމާކޮށް އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖެގައި ހިނގުމަށް ހަމަޖެހިފައިވާ ކުދި ޕްރޮޖެކްޓްތަކެއް މިއަދުވެސް ފޮރިން މިނިސްޓްރީން އިއުލާން ކޮށްފައިވާ އިރު މި އެހީގެ ދަށުން ބ.ފެހެންދޫ ސްކޫލް ކުދިންނަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސައިދިނުން ހިމެނޭކަން ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.

މިއީ އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

ފެހެންދޫ ސްކޫލްގައި ކިޔަވާ ކުދިންގެ އަދަދު މަދުވުމުގެ ސަބަބުން އެ ސްކޫލް ކުދިން ކިޔަވަން ދަނީ އެއް ފަޅުގައި ޖެހިގެން އޮތް ގޮއިދޫ ސްކޫލަށެވެ. ޖުމްލަ 26 ކުދިން ކިޔަވަން ކޮންމެ ދުވަހަކު ގޮއިދު އަށް ކުރާ ދަތުރުގައި ބޭނުން ކުރަނީ ޑިންގީއެކެވެ.

ފެހެންދޫގެ ކިޔަވާ ކުދިން ގޮއިދޫ ސްކޫލަށް ކިޔަވަން ދިއުމަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާގެ އެހީ ހަމަޖައްސާފައިކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top