ދިރާގު އިންޓަނެޓް ޚިދުމަތަށް ބުރޫ އަރައިފި.

999645_439863546117633_1522408744_n.jpg

ދިރާގު ،އޭދަފުށި --ފޮޓޯ :އަބޫ ޔައުލާ

ރާއްޖޭގައި އެންމެ ގިނަދުވަސްވީ މުވާސަލާތީ ޚިދުމަތްދޭ ކުންފުނި، ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ދެމުން ގެންދާ އިންޓަނެޓް ޚިދުމަތަށް ބުރޫ އަރައިފި އެވެ.

ދިރާގުން ބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިރާގުގެ އިންޓަރނެޓް ޚިދުމަތަށް ބުރޫއަރާފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ބައެއް ކަސްޓަމަރުންނަށް މޯބައިލް ޑާޓާ ލިބުމުގައި މައްސަލަތަކެއް ދިމާވެފައިވާކަމަށް ވެސް ދިރާގުން ބުންޏެވެ.

މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތި ތަކަށް މައާފް އެދޭ ކަމަށާ ވީހާވެސް އަވަހަކަށް މިމައްސަލަ ޙައްލުކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ދިރާގުން ބުންޏެވެ.

އާއްމު ގޮތެއްގައި ފިކްސްޑް ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތްތަކަށް ބުރޫ އަރަނީ ސަބްމެރިން ކޭބަލެއްގައި މައްސަލަ ޖެހިގެނެވެ. ނަމަވެސް މި ފަހަރު މައްސަލަ ދިމާވި ސީދާ ސަބަބެއް އެ ކުންފުނިން ބުނެފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top