ރަންބީރުކަޕޫރާ ކެޓްރީނާ ކައިފްގެ ލޯބީގެ ވާހަކަ ކުރުކޮށް ފޮނިކޮށް

kaif_Kapoor_Padukone_collage_0_0.jpg

ރަންބީރުކަޕޫރާ ކެޓްރީނާކައިފް އެކަކުއަނެކަކު ދަންނަންފެށީ 2008 ގައެވެ. އެއީ ދީޕިކާޕަޑުކޯންއާއި ޑޭޓްކުރަމުންދިޔަ ދުވަސްވަރު ކެޓްރީނާގެ އުފަންދުވަހު އޮތް ޕާޓީގައި ބައިވެރިވި ހިސާބުންނެވެ.
އޭގެފަހުން ރަންބީރު ކެޓްރީނާއާއެކު ކުޅުނުފިލްމު އަޖަބްޕްރޭމީ ޣަޒްބްކަހާނީ ނުކުތުމާއެކު ރަންބީރު އާ ކެޓްރީނާގުޅުވައިގެން ވާހަކަތައް ފެތުރެންފެށިއެވެ. މި އަޑުތަކާއެކު ދިޕިކާ ޕްރެޝަރަށްގޮސް ދެމީހުންގެ ގުޅުމުގައި މައްސަލް ޖެހެން ފެށިއެވެ. މައްސަލަތަކުގެ ނިމުމަކަށްވީ 2010 ގައި މިދެމީހުންގެ ލޯބީގެ ގުޅުން ކެނޑުމެވެ. 75677_55a8f432a392f-1024x768
ދިޕިކާ ބުނާގޮތުން ރަންބީރު އޭނާއަށް ބޭވަފާތެރިވީއެވެ. ރަންބީރު މިކަމާ ދެކޮޅެއް ނުހަދައެވެ.

ދެން ފެނުނީ ކެޓްއާ ރަންބީރު އެކުގައި ފިލްމީމަސައްކަތް ފެށިތަނެވެ. ދެމީހުންގެ ފިލްމް ރަޖްނިތީ އާއެކު “މިޖޯޑުގެ”ލޯބީގެ މޫސުމުގެ މާތައް ފަރިވެފޮޅެމުންދިޔައެވެ. އެކަމަކު މިއިން އެކަކުވެސް މިކަމާ އެއްބަހެއްނުވެއެވެ.

ranbir-kapoor_katrina-kaif___192977_1_0_0_0_0_0_0_0_0_0_0
އެއަށްފަހު ކުރިމަތިލީ 2012 އާއެވެ. ދެލޯބިވެރިން އެއަހަރުގެ ފެށުން ފާހަގަކުރީ ނިއުޔޯކްގައެވެ.

ކެޓްއާ ރަންބީރުއަކީ އަބަދުވެސް މީޑީއާއަށް ފިލައިގެން އުޅޭ ދެމީހުންނެވެ. އެމީހުންގެ އަމިއްލަ އެއްވެސް ކަމެއް މީޑިއާއާ ހިއްސާކުރާ ބައެއްނޫނެވެ.  އެހެންކަމުން  ބޭނުންވީ ތަންކޮޅެއް ޕްރައިވެޓްކޮށް މީޑިއާއަށްވެސް ނުފެންނަ ހިސާބެއްގައި ހޮލިޑޭ ފާހަގަކުރާށެވެ. އެގޮތުން މި ލަވްބާރޑް މިފަހަރު ދަތުރުކުރީ ސްޕެއިން އަށެވެ. އެކަމަކު އެކަންވެސް މީޑިއާއަކަށް ސިއްރެއްނުވިއެވެ. ސްޕެއިންގެ ގޮނޑުދޮށުގައި އުޅެނިކޮށް ނަގާފައިވާ ނިވާކަންކުޑަފޮޓޯތަކެއް އިންޓަރނެޓްގައި ލީކްވެގެން ދިޔައެވެ.

ranbir_kat_660

އަދި މިގޮތަށްއުޅުމަކީ ރިޝީކަޕޫރު ހިތްހަމަޖެހޭކަމެއްނޫންކަން މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ރަންބީރުއާ ކެޓްގެގުޅުން ދެވަނަ ލެވެލްއަށް އައިކަން އެނގުނީ އެމީހުން އެޕާޓްމެންޓެއް ގަނެގެން އެތަނަށް ދިރިއުޅުން ބަދަލުކުރި ހިސާބުންނެވެ. މުންބާއީގާ ހުންނަ މި ފްލެޓަށް ބަދަލުވުމަށްފަފު އެމީހުންގެގާތް ރަޙްމަތްތެރިން ކޮޅަކަށް ދައުވަތު ދީގެން ޕާޓީއެއްވެސް ބޭއްވިއެވެ.

75677_55a8f51cb7541

އެޕާޓްމަންޓަށް ބަދަލުވުމަށްފަހު ދެފަރާތުގެ އާއިލާއާއެކު ވެސްވަނީ ގިނަ ވަގުތުތަކެއް ހޭދަކޮށްފައެވެ. އެގޮތުން ކެޓްގެ އާއިލާއާ ރަންބީރުގެއާއިލާ އެކުގައި ލަންޑަންގައިވެސް ބައްދަލުކުރަމުން ގޮސްފައިވެއެވެ.

ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުން މިދިޔަ ކްރިސްމަސް ފާހަގަކުރުމަށް ކެޓްރީނާ ލަންޑަނަށް ކުރިދަތުރުގައި ރަންބީރުގެ އިތުރުން މަންމަ ނީޓޫއާއި ބައްޕަ ރިޝީކަޕޫރުވެސް ބައިވެރިވެ އެމީހުންގެ ވަރަށްގާތް އެކުވެރިންނާއެކު ބޭއްވި އާއިލީ ޕާޓީއެއްގައި ރަންބީރުމެންގެ އެންގޭޖްމެންޓްރިންގް ބަދަލުކޮށްފައިވެއެވެ. އެކަމާގުޅިގެން ރަންބީރު ބުނެފައިވަނީ މިއަހަރު އަހަރެމެން ދެމީހުންވެސް އުޅެން ޖެހުނީ ވަރަށް ބިޒީކޮށްކަމުން ކައިވެންޏާމެދު ވިސްނާނެ ވަގުތު ނުލިބުނީކަމުގައެވެ. އެކަމަކު އަހަރެމެން ޕްލޭންކުރަނީ އަންނައަހަރު ނިމުމުގެކުރިން ކައިވެނިކުރާށެވެ. ދެމީހުންވެސް އެއްބަސްވަނީ އެގޮތަށެވެ.

75677_55a8f54a0c463
ދާދިފަހުން ކެޓްރީނާގެ 32ވަނަ އުފަންދުވަސް ފާހަގަކުރުމުގެޕާޓީގައި އޭނާއަށްވަނީވަރަށްބޮޑު އަދި ސްވީޓް ސަޕްރައިޒެއް ލިބިފައެވެ. ރަންބީރު އޭނާގެ ލޯބިވެރިޔާއަށް ޕްރޮޕޯސްކުރީ ޕަރޝިއަމް ބްރޭންޑްގެ ޕްލެޓިނަމް އަނގޮޓިއަކާ ޑައިމަންޑްރިންގްބޭންޑަކާއެކުގައެވެ.

75677_55a8f40f19ca0

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top