އިދިކޮޅުން ރާވަމުން އަންނަ ބޮޑު އެއްވުން ގާނޫނާ ހިލާފު. ހުއްޓުވާނަން: އިމްރާން

yamee-e1647691699846.jpg

އަންނަ ހުކުރުދުވަހު އިދިކޮޅުން މާލޭގައި ”އިންޑިއާ އައުޓް“ގެ ނަމުގައި ހިންގުމަށް ރާވާފައިވާ ބޮޑު އެއްވުމަކީ ގާނޫނާއި ޚިލާފު އެއްވުމެއް ކަމަށާއި އެކަން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އިންޑިއާ އައުޓް ކެމްޕެއިން ނުހުއްޓުވަނީ ކީއްވެތޯ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އާޒިމް ސުވާލު ކުރެއްވުމުން އިމްރާން ވިދާޅުވީ އިދިކޮޅުން ރާވަމުން އަންނަ ބޮޑު އެއްވުމަކީ ގާނޫނާ ހިލާފަށް ހިންގާ ހަރަކާތެއްކަން އެ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

“ނޭވާ ހޮޅިއަށް” ގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ވަނީ ހުކުރު ދުވަހު ހަވީރެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ސިލްސިލާ ގޮތެއްގައި ކޮންމެ ހުކުރު ދުވަހު މުޒާހަރާ ބާއްވައެވެ. އެ އެއްވުންތަކަށް ފުލުހުން ހުރަސް އަޅައި ހުއްޓުވާ ނަމަވެސް ކޮންމެ ދުވަހަކު މީހުން ހައްޔަރުކުރުމަށް ފަހު 24 ގަޑިއިރުތެރޭ ދޫކޮށްލަ އެވެ.

ޔާމީން މިނިވަންވެވަޑައިގަތް ފަހުން އިންޑިއާއާ ދެކޮޅު ކެމްޕެއިންތައް ވަނީ ފުޅާކޮށްފަ އެވެ. ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ޕީޕީއެމްގެ ލީޑަޝިޕުން އަންނަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top